ޒަވީ ހަނާންޑޭޒް
ކުޅިވަރު
26 Jul 2025 | 00:17
ޒަވީއަށް އިންޑިއާގެ ކޯޗުކަމުގެ މަގާމު ނުދިނީ އަގު ބޮޑުވުމުގެ ސަބަބުން

އިންޑިޔާގެ ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އެމަގާމަށް ކުރިމަތިލީ ކޯޗުންގެ  ތެރޭގައި ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީ ހަނާންޑޭޒް ހިމެނުނު ނަމަވެސް ޝޯޓް ލިސްކުރި ތިން ކޯޗުންގެ ތެރޭގައި ޒަވީއެއް ނުހިމެނެއެވެ.

އުމުރުން 45 އަހަރުގެ ޒަވީ ބާސެލޯނާގެ ކޯޗުކަމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އަދި ބާސެލޯނާގެ ކޯޗުކަމުން ވަކިވި ފަހުން އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ޒަވީ، އަށް، މިވީ މުއްދަތުގެ ތެރޭގައި އެކި ޓީމުތަކުގެ އޮފާތައް ލިބުނު ނަމަަވެސް އޭނާ އެއްވެސް ޓީމެއްގެ ހުށަހެޅުން ގަބޫލުކޮށްފައެއްނުވެ އެވެ.

އިންޑިއާގެ ކޯޗުކަމުން މަނޯލޯ މާކުއޭޒް އިސްތިއުފާދިނުމުން، އެމަގާމަށް ކުރިމަތިލީ 170 ކޯޗުންގެ ތެރެއިން ތިން ކޯޗެއްގެ ނަން މިހާރު ވަނީ ޝޯޓް ލިސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ކޯޗުކޮށްދިން އަދި ދާދި ފަހުން ޕާކިސްތާން ޓީމުން ވަކިވި، ސްޓެފަން ކޮންސްޓަންޓިންގެ އިތުރުން، ހާލިދު ޖާމިލް އަދި ސްޓެފަން ޓާކޮވިޗް އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ޒަވީ ހެނާންޑޭޒް އަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ނުދިނީ އޭނާ އަށް ދޭނެ މުސާރަ އޯލްއިންޑިއާފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް ހަމަޖައްސައި ދެވެން ނެތުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގެ ކޯޗުކަމުގެ މަޤާމަށް ކުރިމަތިލީ ކޯޗުންގެ ތެރޭގައި ޒާވީގެ އިތުރުން އަފްގާނިސްތާނާއި ރާއްޖެ އަދި ތަޖިކިސްތާނަށް ކުރިން ކޯޗުކޮށްދިން ޕީޓަ ސެގާޓް އާއި ލިވަޕޫލްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ރޮބީ ފައުލާ އަދި ހެރީ ކިއުލް ވެސް ހިމެނެ އެވެ.

ފުރަތަމަ މީޑިއާގައި އާންމުވި ލިސްޓުގައި، ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީގެ ނަން ނުހިމެނެއެވެ. ނަމަވެސް, ޒަވީ ވެސް އެޕްލިކޭޝަން ހުށަހެޅިކަން، އިންޑިއާގެ ގައުމީ ޓީމުގެ ކޮމިޓީގެ މެމްބަރަކު ވަނީ މީޑިއާއަށް ޔަގީންކޮށްދީފަ އެވެ.

އޭއައިއެފްއެފްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފަައިވަނީ، ޒަވީއާ އިންޑިއާ ޓީމު ހަވާލުކުރަން ނިންމި ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ، އޭނާ އަށް އަހަރެއްގެ މައްޗަށް ދޭން ޖެހޭ މުސާރައިގެ ބަޖެޓް ފެޑެރޭޝަން ތެރެއިން ހަމަޖެހެން ނެތުމެވެ. ގަތަރުގެ އަލް ސާދަށް ވެސް ކޯޗުކޮށްދިން ޒަވީގެ މުސާރަ އުޅެނީ އަހަރަކަށް 10-20 މިލިއަން ޑޮލަރުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.