N/A
N/A
ހަބަރު 23 Nov 2020 | 05:36

ފިރިންނަށް ތަޢުރީފުކުރުން - އަނބިން ދަސްކުރަންވެއްޖެ ހުނަރެއް!

ހެޔޮލަފާ އަންބެއްގައިވާ އެންމެ ލޯބި އެއްސިފައަކީ ފިރިމީހާގައި ހުންނަ ރަނގަޅު ސިފަތައް ފާހަގަކޮށް، އެކަންކަމަށްޓަކައި އޭނާއަށް ތަޢުރީފުކުރުމެވެ. އަހަރެމެން އަންހެނުންނަކީ ފިރިންގެ ކިބައިން ތަޢުރީފު އަޑު އަހާހިތްވާ ބައެއްކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އަންހެނުންގެ ރީތި އުޅުމާއި ސިފައަށް ޚުޝާމަދުކޮށް ޅެންތަކާއި ލަވަތައް ކީފައިވުމީ މީގެ ހެއްކެކެވެ. އެހެނަސް ފިރިހެނުންނަށް ނިސްބަތްކޮށް މިފަދަ ތަޢުރީފެއް ކުރެވެނީ ވަރަށްވެސް މަދުންނެވެ.

ސީދާކޮށް ނުބުނިކަމުގައި ވިޔަސް، އަނބިންގެ ކިބައިން ހެޔޮ ބަސްތަކާއި ތަޢުރީފު އަޑުއަހާލަން ލިބުމަކީ ފިރިންވެސް ނުހަނު އެދޭ، އަދި އެކަމަށްޓަކައި އުފާކުރާ ކަމެކެވެ. ޙަޤީޤަތުގައި އަނބިންގެ ފަރާތުން އަޑުއަހާލަންލިބޭ މިފަދަ އުފާވެރި ބަސްކޮޅުތަކުން އެމީހުންނަށް ކުރާ ރަނގަޅު އަސަރު އަހަރެމެން އަންހެނުންނަށް ކުރާވަރަށްވުރެން ދެގުނަ އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ.

ވީއިރު، ފިރިން ތިބާގެ ކިބައިން އެންމެ އަޑުއަހާލާ ހިތްވާ ޖުމްލަތަކެއް މި ލިޔުމުގައި ބުނެލަދޭނަމެވެ. ސަމާލުކަންދޭންވީ މިއިން އެއްވެސް ޖުމްލައަކީ ހަމައެކަނި ބުނެލާ ބުނެލުމަކަށް ނަހަދައި، އެޖުމްލައެއް ރައްދުވާފަރާތަކަށްޓަކައި ހެޔޮހިތުން ތެދުވެރިކަމާއިއެކު ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

1. އަހަރެން ކަލާއަށް އިތުބާރުކުރަމެވެ.

މިއީ ފިރިން، އެމީހުންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެންދާނޭ ކަމެކެވެ. ދިރިއުޅުމުގެ އަޑިގުޑަން ރާސްތާގައި ތިބާގެ ފިރިމީހާއަށް ކުރާ އިތުބާރަކީ އެ އަޑިގުޑަންތައް ކަޑައްތުކޮށް އަމާން މަންޒިލަކަށް ވާޞިލްވުމަށްޓަކައި އޭނާއަށް ދެވޭނެ ވަރަށް މުހިންމު އެއްޗެކެވެ.

2. އަހަންނަށް ކަލާގެ މަޖާ މިޒާޖު ވަރަށް ލޯތްބެވެ.

ޢާންމުގޮތެއްގައި އަނބިމީހާ ރުއްސަންޖެހެނީ ފިރމީހާއަށެވެ. ކަމަކާ ރުޅި ގަދަވެފައި ހުންނަ ވަގުތަކު ކޮންމެވެސް މަޖާ ކަމެއް ކޮށްލާނެއެވެ. ކޮންމެވެސް ޖޯކެއް ޖަހާފާނެއެވެ. ކޮންމެގޮތަކުންވެސް ތިބާ ހެއްވާލެވޭތޯ އުޅޭނެއެވެ. މިއީ އަސްލުގައިވެސް ފިރިންގައި ހުންނަ ވަރަށް ލޯބި ސިފައެކެވެ. އަނބިމީހާ ހެއްވާލުމަކީ އެމީހުންގެ ސުޕަ ޕަވަރ ކަމުގައި އެމީހުން ޤަބޫލުކުރެއެވެ. އަދި މިކަމުގައި އެހެންމީހަކާއި ވާދަކުރަންޖެހުމަކީ އެމީހުން ވަރަށް ޙަސަދަވެރި ވާނޭ ކަމެކެވެ. އެހެންކަމުން ފިރިމީހާގެ މި ސުޕަ ޕަވަރ ފާހަގަކޮށް އެކަމަށްޓަކައި އޭނާއަށް ތަޢުރީފުކުރާށެވެ.

3. ކަލާ ހާދަ މޮޅެވެ.

ތިބާގެ މޫނަށް ހިނިތުންވުން ގެނެސްދިނުމުގެ އިތުރަށް، ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ކަންތައްތައް ޙައްލުކޮށް، ކަންކަންކުރުމުގައި މޮޅެތި ގޮތްތައް ހޯދުމަކީވެސް ތިބާއަށްޓަކައި ތިބާގެ ފިރިމީހާ ކޮށްދޭ ވަރަށް މުހިންމު ކަމެކެވެ. މިއީ އަދި ކޮންމެހެން މާބޮޑުކަމަކަށް ވާކަށް ނުޖެހެއެވެ. މިސާލަކަށް ގޭގެ ތަނެއް މަރާމާތުކޮށްލުން، ނުވަތަ ކަމެއް ކުރުމުގައި އެހެންމީހުންނަށް ނޭނގޭ މޮޅު އުކުޅެއް ބޭނުންކޮށްލުން ފަދަ ކުދިކުދި ކަންކަންވެސް މީގެތެރޭގައި ހިމެނެއެވެ. މިއިން ކޮންމެކަހަލަ ކަމެއްގައިވެސް ފިރިމީހާއަށް ތަޢުރީފުކޮށްލެވިދާނެއެވެ.

4. ކަލާ ހާދަ ރީއްޗެވެ.

ރީތިކަމަށް ތަޢުރީފުކުރަން އެދުމަކީ ހަމައެކަނި އަހަރެމެން އަންހެނުންގެ އާދައެއް ނޫނެވެ. ފިރިހެނުންވެސް މިފަދަ ތަޢުރީފުތައް ބަލައިގަނެއެވެ. ފިރިމީހާގެ ހެއަރ ސްޓައިލަށް ތަޢުރީފުކުރާށެވެ. އޭނާ ހެދުން އަޅާގޮތް ކަމުގޮއްސިނަމަ އެކަމަށް ތަޢުރީފުކުރާށެވެ. އާގޮތަކަށް ތުނބުޅި ސްޓައިލް ކޮށްފި ނަމަ އެކަމަކަށެވެ. މީރުވަސްދުވާ ސެންޓެއް ޖަހައިފިނަމަ އެ ވަހަށެވެ. މިކަހަލަ ކުދިކުދި ކަންކަން ފާހަގަކުރާކަން އޭނާއަށް އަންގަދޭށެވެ.

5. ކަލާއާއިއެކު ވަގުތު ހޭދަކުރަން ލޯބިކުރަމެވެ.

ގިނަފަހަރަށް އަހަރެމެންގެ މަސައްކަތް ހުންނަގޮތުން، ނުވަތަ ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން އެކަކު އަނެކަކާއިއެކު ހޭދަކުރެވޭ ވަގުތު ވަރަށް މަދުވާތަން އާދެއެވެ. މިފަދަ ވަގުތުގައިވެސް ފިރިމީހާއަށް، ތިބާގެ ދިރިއުޅުމުގައި އޭނާއަށް ދެވިފައިވާ ޚާއްޞަ މަޤާމް ބުނެލަދޭށެވެ.

6. ކަލާއާއިއެކު ވާހިނދު ރައްކާތެރިކަން އިޙްސާސްކުރެވެއެވެ.

ފިރިން ދެކޭގޮތުގައި އެމީހުންގެ އަނބިދަރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެމީހުންގެ ޒިންމާއެކެވެ. އަދި މިކަމުގައި އެމީހުން އަދާކުރާ ދައުރު ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމަކީ އެމީހުން އުފާވެ، ހިތްހަމަޖެހޭ ކަމެކެވެ.

7. ގޭގެ ކަންތައްތަކުގައި ކަލާގެ އެހީތެރިކަން ލިބޭތީ ވަރަށް އުފާވެއެވެ.

މި ކުޑަކުޑަ ޖުމްލަ ބުނެލުމަކީ އަހަރެމެންގެ ތެރެއިން ބައެއް އަންހެނުންނަށް ކުރަން އުނދަގޫ ކަމެއްކަމުގައި ފާހަގަ ކުރެވެއެވެ. ގިނަ ފިރިހެނުންނަކީ އެމީހުންގެ ޠަބީޢަތުގައިވެސް ގޭގެ މަރާމާތުތަކާއި، ކަރަންޓާއި ބެހޭ ކަންތައްތަކާއި ގޭތެރޭގެ ފަރުނީޗަރު އަތުރައި މަރާމާތުކުރުންފަދަ ކަންތައްތައް ކުރާ މީހުންނެވެ. އެހެންކަމުން ފިރިމީހާ މިފަދަ އެއްވެސް ގޮތަކުން ތިބާއަށް ލުޔެއްލިބޭނެ ފަދަ ކަމެއްކޮށްދީފިނަމަ އެކަން ފާހަގަ ކުރާށެވެ. މިއިން އޭނާއަށް ދެންހުރި އެފަދަ ކަންކަން ކުރުމަށް ހިތްވަރަކަށް ވާނެއެވެ.

8. އަހަރެމެންގެ ޢާއިލާއަށްޓަކައި ތި ކޮށްދޭ ބުރަމަސައްކަތްތަކަށް ޝުކުރުވެރިވަމެވެ.

އަހަރެމެންގެ މި މުޖުތަމަޢުގައި ގިނަ ފިރިންނަކީ އެމީހުންގެ ޢާއިލާއަށްޓަކައި ނަގަންޖެހޭ ޒިންމާތައް އެނގޭ، އަދި އެ ޒިންމާތައް ނަގާ މީހުންނެވެ. ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ތިބާގެ ފިރިމީހާ ތިދެމަފިރިންގެ ޢާއިލާއަށްޓަކައި ކުރާ ބުރަމަސައްކަތްތަކުގެ އަގުވަޒަންކުރާށެވެ. އެއިން ތި ޢާއިލާއަށް ކުރަމުންދާ ހެޔޮ އަސަރުތަކުގެ ވާހަކަ ދައްކައި، އޭގެ ފުރިހަމަ ކްރެޑިޓް ފިރިމީހާއަށް ދޭށެވެ. މިއީ ތިބާ އޭނާއަށް ކުރާ އިޙްތިރާމް ވަރަށް ފުރިހަމައަށް ފެނިގެންދާނެ ކަމެކެވެ.

ރެފަރެންސް : ބިއުޓީ އެންޑް ޓިޕްސް ފޮޓޯ ކްރެޑިޓް: ޕިންޓަރެސްޓް

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 
18 Oct 2026 ހަބަރު

ރާއްޖެފަދަ ޤައުމުތަކަށް ތަރިކަ ގެއްލުމަކީ އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލިގެންދިއުން: ވަޒީރު ހީނާ 

ވަޒީރު ވިދާޅުވީ ސަގާފީ ތަރިކައަކީ ޤައުމީ ވަންތަކަމުގެ މައިބަދަ ކަމަށެވެ.

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ
18 Oct 2026 ހަބަރު

އެމްއެސް ފައިނޭންސް ކަރަންސީގެ ލައިސަންސް ހިފަހައްޓާ ފަސް ލައްކައިން ޖޫރިމަނާ

އެމްއެސް ފައިނޭންސާ މެދު މި ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟
18 Oct 2026 ހަބަރު

އަދީބުގެ ސުވާލެއް، ކޮންމެކަމެއް ހައްލުކުރަން ސީދާ މިނިސްޓަރު ނިކުންނަވަން ޖެހޭތަ؟

އަދީބު މި ސުވާލު އުފައްދަވާފައިވަނީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް އާންމު އުނދަގޫކުރާ މީހެއްގެ މައްސަލަ ހައްލުނުވެ ފުލުހުންގެ މަރުކަޒެއް ކައިރީ މީހަކު ކުރި އިހުތިޖާޖަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ
18 Oct 2026 ހަބަރު

މާލޭގެ ބިންތަކަށް ގޯތި އިމާރާތްކުރަން އިކުއިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާގެ އެހީ

މި ސްކީމުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީއަށް 200،000ރ އާ ހަމައަށް ސަރުކާރުން އެހީ ދޭނެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް
18 Oct 2026 ހަބަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުޅާ ނުވިހާގޮތް ހެދުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރުމަށް، ރަށުގެ ބުޅާތައް ހިފައި ނިއުޓާކުރުމަށްފަހު އަލުން ދޫކޮށްލާ ޕްރޮގްރާމެއް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި
18 Oct 2026 ހަބަރު

ފްލެޓް ގަތުމާއި ގެ އެޅުމަށް ބޮލަކަށް 200،000ރ އެހީ، މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުން ހަދައިފި

ހައުސިން މިނިސްޓްރީން މިއަދު ވަނީ ބީއެމްއެލް އާއި އެމްއައިބީ އާއި އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އާ އެކު އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. 

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރި ނިންމުން ހައިކޯޓު ބާޠިލުކޮށްފި
18 Oct 2026 ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ދޫކުރި ނިންމުން ހައިކޯޓު ބާޠިލުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ބަންދުގައި ހުރި މީހަކު ޝަރުޠުތަކާއެކު ދޫކުރި ދަށު ކޯޓުގެ ނިންމުން، ޕީޖީގެ އިސްތިއުނާފަށް ބަލައި ހައިކޯޓުން ބާޠިލުކޮށްފިއެވެ.

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި
18 Oct 2026 ހަބަރު

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި

ދެ އަހަރު ދުވަހުގެ މުއްދަތަށް މި ޚާއްޞަ ކޮންސެޝަން ރޭޓުތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށެވެ.