16 Nov 2020 | 07:15
"ނަބީއްޔާގެ ޙައްޤުޤައި" މައުޟޫގައި ދަރުސް ބޭއްވުމަށް މިނިސްޓްރީން ހުއްދަ ނުދިން: އަލް ހިޖްރަ

"ނަބީއްޔާގެ ޙައްޤުޤައި" މައުޟޫގައި ދަރުސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނުދިން މައްސަލައާއި ގުޅިގެން އަލް ހިޖްރަ ޖަމިއްޔާއިން ބަޔާނެއް ނެރުއްވައިފިއެވެ.

އަލް ހިޖްރަ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމަބަރު މަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހެހިފައިވާ "ނަބިއްޔާގެ ހައްޤުޤައި" މި މައުޟޫއަށް ދަރުހެއް ބޭއްވުމަށް ރޭވިފައިވާތީވެ 28 އޮކްޓޯބަރ 2019 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ހުއްދައަށް އެދި ހުށަހެޅުމުން އެ މައުޟޫގައި ދަރުސްބޭއްވުމަށް ހުއްދަދެވެން ނެތް ކަމަށް ބުނެފައިވާކަމަށެވެ. އަދި ދަރުހުގެ މައުޟޫ އެހެން މައުޟޫއަކަށް ބަދަލުކޮށް އަލުން ހުއްދައަށް އެދި އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީގައި އެކަމާ އުޅުއްވާ އިސްބޭފުޅަކު ފޯނުން ގުޅުއްވާ އެކަން އެ ޖަމްއިއްޔާއަށް އަންގާފައިވާކަމަށެވެ.

އެބަޔާނުގައި ވާގޮތުން މީގެ ކުރީންވެސް ބޭއްވުމަށް ރޭވުނު ކިތަންމެ ދަރުހެއް ހުއްދަ ނުލިބުމުގެ ސަބަބުން ވަނީ ކެންސަލް ކުރެވިފައެވެ.

އެބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުން މިފަދަ ޖަމްއިއްޔާތަކަކީ ޒުވާންކުދިންކޮޅެއްގެ ހެޔޮދަރުމަޔާއި ސަވާބަށް ހިންގާ ޖަމްއިއްޔާތަކަށްވެފައި، ދަރުސްތައް ދެއްވަނީ ދިވެހިރާއްޖޭގައި ވަޢުޛާއި ދީނީ ނަސޭހަތްދިނުމުގެ ހުއްދަ އޮންނަ މަޝްހޫރު އިލްމުވެރިންނެވެ.

ނަމަވެސް އެކަމަށް ހުއްދަ ހޯދުމުގައި ދިމާވާ ދަތިތައް ފިލުވާލެވޭނެ މަގެއް ހޯދުމަށް އެކިދުވަސްވަރު ވާނީ އިސްލާމިކް މިނިސްޓްރީގެ އިސްފަރާތްތަކާއި ހިއްސާކޮށްފައިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ޖަމިއްޔަތުއް ސަލަފް ގެ ފަރާތުން އިންތިޒާމް ކޮށްފައިވާ ދަރުސްތަކެއްވެސް ވަނީ ފަހު ވަގުތު އިސްލާމިކް މިނިސްޓްރީން ހުއްދަ ކެންސަލް ކުރުމުގެ ސަބަބުން ކެންސަލް ކުރަން މަޖުބޫކުވެފައެވެ. އަދި ދަރުސްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ދަތިރައް ކުރިމަތި ވަމުން އަންނަކަން ދީނީ ޖަމިއްޔާތަކުން ވަނީ ހާމަކުރައްވާފައެވެ.

މިކަމާއި ބެހޭގޮތުން ތަކުރާރުކޮށް ވޮއިސް ގެ ފަރާތުން އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރަށް ސުވާލު ކުރުމުން ވެސް ޖަވާބެއް ދެއްވާފައިނުވެއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް މި މައްސަލާގައި ޖަވާބެއް ދެއްވާފައިނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.