18 Nov 2020 | 06:41
ވެހިކަލްތަކުން ނެގުމަށް ރާވަމުންދާ އިތުރު ފީއަށް މުއިއްޒުގެ ފާޑުކިޔުން!

މާލެ ސަރަޙައްދުގައި ދުއްވާ އުޅަނދުތަކުން އިތުރު ފީއެއް ނެގުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފައިވުމާއި ގުޅިގެން ކުރީގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

އެކަމަށް ފާޑުވިދާޅުވެ މުއިއްޒު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮންޖެސްޝަން ޗާޖާއި ޕާކިންއަށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޖީބުން ފައިސާ ނަގަން ބަޖެޓްގައި ހިމަނާފައިވާއިރު، މާލޭގެ ޕާކިން ހައްލުނުވުމަކީ ރައްޔިތުން ހަނާކޮށް ނިކަމެތިކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި އަންނަ އަހަރު އާމްދަނީ ހޯދާނެ ގޮތްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން އިތުރު ފީއެއް ނެގުމަށް ހުށަހަޅާފައި ވެއެވެ.

އެ ފީއަކީ މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ނަގާ ފީއެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި އުޅަނދުތަކުން ފީ ނަގާނީ އަހަރީ ފީ ނެގުމަށް ކަނޑައެޅިފައިވާ ރޭޓު ތަކަށެވެ.

ފިނޭންސްއިން ވިދާޅުވީ މާލޭ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ޚަރަދުތައް ހިނގާ ކަމަށެވެ. އެގޮތުން އެކްސިޑެންޓް ގިނަވުމާއި މާލެގެ މަގުތަކުގެ ޖާގައަށްވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތަކަށް ގެއްލުންވެ މަރާމާތަށް ގިނަ ޚަރަދު ކުރަން ޖެހޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.