18 Nov 2020 | 21:40
ވަރަށް ސާފުކޮށް މި ދަންނަވަނީ، އަޅުގަނޑު ވައްކަމެއް ނުކުރާނަން: ފައްޔާޒް

"ބްރޯ" ހެދިގެން ވައްކަން ނުކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ސަންގުޓީވީން މިއަދު މެންދުރުފަހު ގެނެސްދިން ޕްެރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒްގެ މައްޗަށްކުރެވޭ ނުރަނގަޅު ނުފޫޒުގެ ތުހުމަތުތަކާއި އެބޭފުޅާގެ މައްޗަށް ނެގުމަށް މަސައްކަތްކުރި އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަަލައާ ގުޅޭގޮތުން އެހި ސުވާލަކަށް އެބޭފުޅާ ވަނީ ވަރުގަދަ ޖަވާބެއް ދެއްވާފައެވެ. މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެމަގާމުގައި އިންނެވުމުން ތުހުމަތުތައް ވަރަށް ބޮޑަށް އަންނާނެ ކަމަށާއި، އެއީ އިގްތިސާދީ ކަންކަމަށްވުމުން މެންޑޭޓް ބޮޑުވާތީ ކަމަށެވެ. 

އެބޭފުޅާ ވިދާޅުވީ ތުހުމަތުތަކާ ވޯޓު ނަގަން އުޅުމުން ފުރަތަމަ ކަންބޮޑުވެ ދެރަވެސް ވެވަޑައިގެންނެވިކަމަށެވެ. ފައްޔާޒް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ އިންޓެގްރިޓީ ފިޔަވައި މާގިނަ އެއްޗެހިތަކެއް އޮވެގެން ނޫންކަމަށެވެ. ނަމަވެސް މިއަދު ކޮންމެވެސް ސަބަބަކާ ހުރެ އެކަމާ މެދު ސުވާލު އުފައްދާފައިވާކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެހެނަސް އެކަމުގެ މާޔޫސްކަމުގައި ކުރަން އުޅޭ މަސައްކަތަށް ބުރޫ ނާރުއްވަން ނިންމަވާފައިވާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ދައުލަތުގެ މިނިސްޓަރަކާ މެދު ތުހުމަތުތައް ކުރެވުމުން ނުބެލޭނެ ގޮތެއް އޮންނާނެ ކަމަކަށް މިއަދު އެއްވެސް ފަރާތަކަށް ނުބުނެވޭނެކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ފުރިހަމަ ބާރު އެބައޮތްކަމަށާއި މައްސަލައެއް އޮތްނަމަ ބައްލަވަންވީކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އެބޭފުޅާއާ މެދު ތުހުމަތެއް އޮތްނަމަ ތަހުގީގީ އިދާރާތަކުންވެސް ބައްލަވަންވީކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވަނީ އެބޭފުޅާއަކީ "ބްރޯ" ހެދިގެން ވައްކަން ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ، އަޅުގަނޑު ވައްކަމެއް ނުކުރާނަން. އެބޭފުޅުންނަށް އެ ހީވާގޮތަށް ބްރޯއަކަށް މެސެޖްކޮށްގެން ކަމެއް ނުވެސް ކުރާނަން. އަޅުގަނޑު ކުރިޔަސް އެބޭފުޅުންނަށް ނޭނގޭނެ. އެއަށްވުރެ ފެންވަރު ރަނގަޅުވާނެ"، އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.