19 Nov 2020 | 23:58
އަކްރަމަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާނެ މީހެއް ނޫން: ޝަރީފް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު އަކުރަމް އަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކުރާނެ މީހެއް ނޫން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝަރީފް ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ އީސީ އަށް ގެއްލިގެން ދިޔަ ހުނަރުވެރި ޤާބިލް ހިންގުންތެރިއެއް ކަމަށެވެ. އަދި އޭގެ އިތުރުން އަކްރަމަކީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރާނެ މީހެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަކުރަމް އެ ކޮމިޝަނުގެ ބައެއް އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް މިއަދު އޭނާ ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ ކޮމިޝަނުން ވަކި ކުރަން މަޖިލީހުގެ މިނިވަން މުއައްސަަސާ ކޮމިޓީއިން ނިންމާފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީގައި އަކުރަމް ވަނީ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން، ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

ނަމަވެސް އެބޭފުޅާއާއި ދެކޮޅަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށައަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމުގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ޚިލާފް ވާހަަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ މައްސަލައެއް ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި ތުހުމަތު ކޮށްފައިވާފަދަ އެއްވެސް ކަމެއް އެބޭފުޅާގެ ފަރާތުން ހިނގާފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jul 2026
ރިކޯޑް އަގަކަށް ވިއްކާލި މި ’ޓީ-ރެކްސް‘ ކަށިގަނޑުގެ ނަން އެނގޭތަ؟
ޖުލައި 2026 ގައި ސޯތަބީސް އޮކްޝަން ހައުސްއިން ބޭއްވި ނީލަމެއްގައި، 67 މިލިއަން އަހަރުވީ، ”ގަސް“ ނަމަކަށް ކިޔާ މި ކަށިގަނޑު ވިއްކާލާފައިވަނީ 50.1 މިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ މިހާތަނަށް ނީލަމެއްގައި ޑައިނަސޯގެ ކަށިގަނޑެއް ވިއްކާލި އެންމެ ބޮޑު އަގެވެ.
17 Jul 2026
މެސީއާއި ޔަމަލްގެ ފޮޓޯތަކުގެ ހަގީގަތް ޔުނިސެފުން ހާމަކޮށްފި
މީގެ 18 އަހަރު ކުރިން ނަގާފައިވާ މި ފޮޓޯތަކުން ފެންނަނީ އުމުރުން އެންމެ 6 މަހުގެ ލަމީން ޔަމަލް ފެންވަރުވަން، އޭރު އުމުރުން 20 އަހަރުގެ މެސީ އެހީތެރިވާ މަންޒަރެވެ.
17 Jul 2026
ކުދި ތަދުތަކަށް ބާރުގަދަ ބޭސް ކެއުން؛ ކިޑްނީ ހަލާކުކޮށްލާ ކަމެއް
އާދަވެގެން ގިނައިން، ބާރުގަދަ ތަދުކަނޑުވާ ބޭސް ކެއުމަކީ އަހަރެމެންގެ ހަށިގަނޑަށް ޚާއްސަކޮށް ކިޑްނީއަށް ވަރަށް ނުރައްކާތެރި ކަމެކެވެ.
16 Jul 2026
ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
16 Jul 2026
ހަންކެޑެ ތަރައްޤީކުރަން ކުންފުންޏެއް
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ
16 Jul 2026
ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފި
މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނުތައް ނިންމި ބައިވެރިން ހުވާކުރުމެވެ
16 Jul 2026
އާސަންދައިގެ ހިދުމަތް ހޯދަން އިތުރު ފަސޭހައެއް
އާސަންދަ ކުންފުނިން މިފަހަރު ވަނީ ރ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އާ ދެމެދުގެ ގިނަ އަތޮޅުތަކެއްގައި ކައުންޓަރުތައް ގާއިމްކޮށްފައެވެ.
16 Jul 2026
ނުގަވައިދުން އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ބުންޏެވެ