21 Nov 2020 | 03:57
ވިލާ މުވައްޒަފުންގެ މުސާރަ ކުޑަކުރީ ފައިސާ ނެތިގެން: ޤާސިމް

ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރީ ފައިސާ ނެތިގެން ކަމަށް އެ ކުންފުނީގެ ޗެއާމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެ ކުންފުނީގެ މާލީ ޙާލަތު ގޯސްވެފައިވާ ކަމަށާއި، އެހެން ދިމާވީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުންޏަށް ސަރުކާރުން ކުރިމަތި ކުރި ބޮޑު ފިއްތުންތަކާއި، ގެއްލުންތަކުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން ދެއަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެބޭފުޅާގެ އެކައުންޓްތައް ފްރީޒްކޮށް އިމްޕޯޓްމުދާ ގެނައުމުގެ ހުއްދަ ޔާމީންގެ ސަރުކާރުން ހިފެހެއްޓި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކުންފުނީގައި އެސެޓް ހުރި ނަމަވެސް ފައިސާއެއް ނެތް ކަމަށެވެ.އަދި ބެންކު ތަކުގައި އެމަނިކުފާނުގެއެއްވެސް ފައިސާއެއް ފޮރުވާފައި ނުހުންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.އޭގެ އިތުރުން ޤާސިމް ވިދާޅުވީ މުދާހުރި ނަމަވެސް އެތަކެތި ވިއްކޭނެ ގޮތެއް މިހާލަތުގައި ނެތް ކަމަށާއި، މުވައްޒަފުންގެ މުސާރަ ކުޑަކުރީ މަޖުބޫރުވެގެން ކަމަށެވެ.

" އަޅުގަނޑުމެން ފޮރުވާފައި ހުރި އެއްވެސް ލާރިއެއް ނެތް ކަން ބެންކުތަކުގެ މީހުންނަށް އެނގޭނެ. އަމިއްލަ ފަރާތަކުން އެންމެ ބޮޑު ލޯނެއް އަދި ލޯނުތަކެއް ނަގާފައި ހުރި މީހަކަށްވެސް ހުންނާނީ އަޅުގަނޑު. ރަނގަޅު ވާހަކައެއް، އަޅުގަނޑުގެ އެސެޓް އެބަހުރި. އެއަށްވުރެ މާ ގިނައިންވެސް. އޭގެ ދިހަ ގުނަ ބާރަ ގުނަ ވިހި ގުނަ ވެސް. އެހެން ނަމަވެސް މި ކަހަލަ ދަނޑިވަޅެއްގައި ކިހިނެތްތޯ އެ އެއްޗެހި ވިއްކާލާނީވެސް. ކާކުތޯ ގަންނަން ހުރީވެސް. އަޅުގަނޑުއަތުގައި ނެތް އެއްޗެއް އަޅުގަނޑުމެން ދޭނީ ކިހިނެތްތޯ،" ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފައިސާ ނެތަސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާ ކަމަށެވެ.އަދި އެއްހާސް ރުފިޔާ ނަމަވެސް ކޮންމެ މުވައްޒަފަކަށް ދިން ކަމަށެވެ.އަދި އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ދެވޭނެ ގޮތެއް ހޯދަން ބެންކު ތަކުގައި އާއި އަމިއްލަ ފަރާތްތައް ކައިރީ ސަލާން ޖެހިކަމަށެވެ.

ޤާސިމް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކުންފުނި އާންމު ހާލަތަށް ގެންދިއުމަށްޓަކައި ސްޓޭޓް ބެންކް އޮފް ސިލޯނުން 1.6 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް އަދި އެ ފައިސާ ނުލިބޭ ކަމަށެވެ.

ގާސިމް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ހަމައަށް ކުންފުނީގެ މުވައްޒިފުންނާއި ހަރަދުތަކަށް 3.2 މިލިއަން ޑޮލަރު މަހަކު ހޭދަ ކުރަމުން ދިޔަ ކަމަށެވެ. އަދި ކުންފުނީގެ ހާލަތު މުވައްޒިފުންނަށް ތެދަށް ކިޔައިދީފައިވާނެ ކަމަށާ އޮޅުވާލަން ކުރި ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ