22 Nov 2020 | 22:32
މޫދު ކުޅިވަރު ކުޅެލުމަށް ދާންވީ ނައިވާދޫއަށް!

ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތައް ވަށައިގެން އޮންނަނީ ހުސް މޫދާއި ކަނޑުކަމުން، ދިވެހިންގެ ހިތްތަކުގެ މޫދާއި ކަނޑަށް ވަނީ ޚާއްސަ ޖާގައެއް ދެވިފައެވެ. އެތަންތަން ވެފައިވަނީ ރިޒްގުގެ އިތުރުން، ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ވަސީލަތެއްކަމަށެވެ. އެގޮތުން މިފަހަކަށް އައިސް މޫދު ކުޅިވަރުތައް ކުޅުންވެފައިވަނީ ކުދިބޮޑު ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކަމަކަށެވެ.

މޫދު ކުޅިވަރޭ ބުނެފިނަމަ އަދިވެސް ގިނަބަޔަކަށް ސިފަވާނީ ރިސޯޓްތަކުގައި ހިންގާ ވޯޓަރ ސްޕޯޓްސް ސެންޓަރުތަކެވެ. އެހެނަސް މިއަދު މޫދު ކުޅިވަރުތައް ވަނީ ރިސޯޓްތަކުގެ ލަގްޒަރީ މާހައުލުން ނުކުމެ، މީހުން ދިރިއުޅޭ ރަށްތަކަށްވެސް ފޯރާފައެވެ. އެގޮތުން މިފަހަކަށް އައިސް މޫދު ކުޅިވަރުގެ ދާއިރާއިން އެންމެ ކުރިއަރަމުންދާ އެއް ރަށަކީ ހދ.ނައިވާދޫއެވެ.

ރީތި ހުދު ދޮންވެލީގެ ހިތްފަސޭހަ ގޮނޑުދޮށަކާއި ނޫކުލައިގެ ފުރިހަމަ މޫދަކާއި ވިލެއް އޮތް ނައިވާދޫ މޫދު ކުޅިވަރު ރަސްމީ ސިފައެއްގައި އިފްތިތާހުކޮށްފައިވަނީ މިމަހުގެ 10ވަނަ ދުވަހުގައެވެ. މީގެކުރިން ރިސޯޓެއްގައި ވޯޓާ ސްޕޯޓްސް ދާއިރާގައި މަސައްކަތްކޮށް، މިހާރު އެރަށުގެ ސިއްހީ މަރުކަޒުގެ އެންބިއުލާންސް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ މަންސޫރު އަލީ ވަނީ "ނައިވާދޫ މޫދު ކުޅިވަރު" ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި ވިޔަފާރިއެއްވެސް ފަށާފައެވެ.

މިވަގުތު ނައިވާދޫ ތަޖުރިބާކޮށްލަން ލިބޭ މޫދު ކުޅިވަރުތަކުގެ ތެރޭގައި ބަނާނާ ރައިޑް، ފަން ޓިއުބް ރައިޑް، ވޭކް ބޯޑިންގ އަދި ކައިޓް ސާފިންގ ހިމެނެއެވެ. މި ކުޅިވަރުތަކުގެ އަގުތަކާއި އިތުރު ތަފްސީލްތައް ފޭސްބުކް ޕޭޖުން ބަލައިލެވޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދައި ބުކިންގ ހެއްްދުމަށް 9728336 ނަމްބަރާއި ގުޅުމުން އެކަން ހަމަޖެހިގެންދާނެއެވެ.

މި މޫދު ކުޅިވަރުތަކަށް އެރަށުން މިހާތަނަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. މީގެ އިތުރުން ކައިރި ރަށްރަށުންވެސް މީހުން މި މޫދު ކުޅިވަރު ތަޖުރިބާކޮށްލުމަށް އަންނަމުންދެއެވެ. ހިތްގައިމު މާހައުލެއްގައި މޫދު ކުޅިވަރުގެ ތަޖުރިބާ ހާސިލްކޮށްލުމަށް ނައިވާދޫ ވަރެއް ނެތެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.