21 Nov 2020 | 22:36
މާލޭގެ ގެސްޓު ހައުސްތައް ޑިސެމްބަރު މަހު ހުޅުވޭނެ ކަމުގެ އުއްމީދު!

މާލޭ ގެސްޓު ހައުސްތައް ހުޅުވޭނެ ކަމުގެ އުއްމީދު އޮތީ އަންނަ މަހުގެ ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓްރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ މައުސޫމް މިހެން ވިދާޅުވި އިރު ރާއްޖެތެރޭ ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވައި، ޓޫރިސްޓުންނަށް މިހާރުވެސް ދަނީ ޚިދުމަތް ދެމުންނެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ޑރ.މައުސޫމް ވިދާޅުވީ މާލޭގެ ގެސްޓުހައުސްތައް ހުޅުވުން ފަސް ކުރަން ޖެހުނީ ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއިއެކު ފެތުރެމުންދާތީ ކަމަށެވެ. އޭގެ އިތުރުން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ ރޭޓު އިތުރުވަމުން އަންނާތީ ކަމަށްވެސް މައުސޫމް ފާހަކުރެއްވިއެވެ.

ނޮވެމްބަރު މަހު ގެސްޓުހައުސްތައް ނުހުޅުވުނު ކަމުގައި ވިއަސް، އުއްމީދަކީ މިފެށޭ މަހުގައި މާލޭގެގެސްޓު ހައުސްތައް ހުޅުވައި ޚިދުމަތް ދިނުން ކަމަށްވެސް ޑރ.މައުސޫމް ވިދާޅުވިއެވެ.

ނަމަވެސް އެޗްޕީއޭ އިން މާލޭގެ ގެސްޓު ހައުސްތައް ހުޅުވައި ޚިދުމަތް ދެވޭނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފަހަކަށް އައިސް މާލޭގައި ކޮވިޑް ގެ ކޭސްތައް އިތުރުވެފައިވަނީ ބަންދު ދުވަސްވަރަކަށް ވުމާއި، ދިވެހިން ގައިދުރުކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަވެގެން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.