27 Nov 2018 | 16:59
ރައީސް އިބޫ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ

ކުރިއަށް އޮތް ޑިސެންބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ ކަމުގައި އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިބޫ އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމައި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދާނެކަމުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވަނީ އިބޫ ރައީސްކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ހަމައެއާއެކު އިބޫ ރައީސްކަމައި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީވެސް މޯދީއާއެވެ. އެ ބައްދަލުވުމުގައި ރައީސް އިބޫ އިންޑިއާއަށް ވަޑައިގެންނެވުމަށް މޯދީވަނީ ދައުވަތު އަރުވާފައެވެ.

އިންޑިއާގެ މީޑިއާތަކުން އަންނަ ޑިސެންބަރު މަހު ރައީސް އިބޫ އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ބުނަމުންދާއިރު އެކަން އެގޮތަށް ވެއްޖެނަމަ ރައީސްކަމައި އިބޫ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވާ ގައުމަކަށްވާނީ އިންޑިއާއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގަމުގެ ވެރިންނައި ބައްދަލުކޮށް ދެ ގައުމުގެ ދެމުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންތަކައި ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދާނެއެވެ.

އެގޮތުން ދެގައުމުގެ މެދުގައި ވިސާ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް އިންޑިއާގެ ހަބަރު ފަތުރާ ފަރާތްތަކުން ރިޕޯޓް ކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ އަދި ރާއްޖޭގައި ދިރިއުޅޭ އާއިލާ މީހުން ކައިރިއަށް ފަސޭހަކަމާއެކު ދަތުރު ކުރުމަށް ފަސޭހަވުމުގެ އިތުރުން މަސައްކަތްތެރިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ