24 Nov 2020 | 21:58
ޔޫއެންޑީޕީން އިސްނަގައިގެން ޒުވާނުންނަށް ޚާއްސަ އޮންލައިން އާޓް ވޯކްޝޮޕެއް ބާއްވަނީ

މިފެށޭ ޑިސެމްބަރ މަހުގެތެރޭގައި ޒުވާނުންނަށް އަމާޒުކޮށްގެން، ޔޫތް ވިޝަން (ޒުވާނުންގެ އަމާޒު) ގެ ނަމުގައި އިންޓަރނެޓް މެދުވެރިކޮށް، އޮންލައިން އާރޓް ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މިހާރު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުވާލުމާއިއެކު ކުރިމަގުގައި ކަންކަމުގައި އިސް ދައުރެއްއަދާކުރުމަށް ޒުވާނުން ބިނާކުރުމާއި، އަމިއްލަ ވިސްނުން ބޭނުންކޮށްގެން އިޖްތިމާޢީ ކަންކަމާ މެދު މަޝްވަރާކޮށް ޙައްލު ހޯދަން ދަސްކުރުމުގެ ހުނަރު އުނގަންނައިދިނުމެވެ.

ޔޫތް ވިޝަން ކޭމްޕް އަކީ އދ.ގެ ތަރައްޤީއާއި ބެހޭ ޖަމިއްޔާ (ޔޫ އެން ޑީޕީ ) ގެ އިސްނެގުމާއި އެކު، މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް، އޫރިދޫ މޯލްޑިވްސް އަދި ޔޫރަޕިއަން ޔޫނިއަން އިން ގުޅިގެން، އުމުރުން 16 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕްއެކެވެ. މި ކޭމްޕް ގައި ބައިވެރިވުމަށް ވަކި ހުނަރެއް ނުވަތަ ވަކި ތައުލީމީ ފެންވަރެއް ހުރުން ލާޒިމެއް ނުކުރެއެވެ. ބައިވެރިވުމަށް ބޭނުންވަނީ ހަމަ އެކަނި އިންޓަރނެޓް ގެ ޙިދުމަތް ލިބި އޮންލައިން ކްލާސްތަކާއި ގުޅޭނެގޮތަކަށް މަގުފަހިވެފަ ހުރުމާއި [ އާރޓް ] އަށް ޝަޢުގުވެރިކަން ހުރުމެވެ.

އެއްހަފްތާ އަށް ދެމިގެންދާ މި ވޯރކްޝޮޕްގައި ބޭނުންކުރުމަށް ބޭނުންވާ އާރޓް ކިޓް އަދި އިންޓަނެޓްއާއި ގުޅުމަށްބޭނުންވާ 3 ޖީ އާއިއެކު މި ވޯރކްޝޮޕްގައި ކިޔަވާދޭ މާއްދާތަކަށް ބޭނުންވާނޭ އެހެނިހެން ތަކެތިވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައެވެ.

މި ވޯރކްޝޮޕް ގައި ބައިވެރިވުމަށްޝަޢުގުވެރިވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ: http://tinyurl.com/yvworkshop

ޔޫތް ވިޝަން ވޯރކްޝޮޕްގެ އަމާޒަކީ ރައްކާތެރި މާޙައުލެއްގައި އެކަކުއަނެކަކަށް އިޚްތިރާމާއެކުމި މުޖުތަމަޢުގައި ހުރި އެކިއެކި ކަންކަމަށްއަލިއަޅުވާލާ، ވައިގެތެރެއަށް ނުވަތަ ޖައްވުގެތެރެއަށް ގެއްލިގެންދާ ބަސްތަކަކަށް ނުވެ، އެކުވެރި، މިނިވަން މާޙައުލެއްގައި ވާހަކަދައްކާ، ޚިޔާލުބަދަލުކޮށް، މަޝްވަރާކުރުމެވެ. މި ވޯރކްޝޮޕް ގައިހިމެނެނީ ހޭލުންތެރިކުރުވުމާއި ހުނަރު ދަސްކޮށްދިނުމުގެ ސެޝަންތަކަކާއި، މި މުޖުތަމަޢުގައި ޒުވާނުން ތަޙައްމަލުކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ޙިޔާލުބަދަލުކުރުމުގެ ސެޝަންތަކެކެވެ. މި ވޯރކްޝޮޕްގެތެރެއިން އަލިއަޅުވާލެވޭނެ ބައެއް މައުލޫތަކުގެ ތެރޭގައި ވަޒީފާގެ މާހައުލު، ތިމާވެށި، އިސްނެގުން (ލީޑަރޝިޕް)، އަނިޔާއާއި ގޯނާކުރުން، އެކުވެރިކަމާއި އަދި ރައްކާތެރިކަމާއި އަމާންކަން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.