29 Nov 2020 | 14:29
ކޮކާކޯލާ ކުންފުނިން ޑރ.އިބްރާހިމް އުމަރު މަނިކުގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފި

ދިވެހިރާއްޖޭގެ ސިއްހީ އަދި ވިޔަފާރީގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި މާފަންނު ސައްކެޔޮގަސްދޮށުގޭ އަލްމަރުހޫމް ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ކޮކާކޯލާ ކުންފުނީގެ ފަރާތުން ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.

އެކުންފުނިން ބުނީ ޑރ.އިބްރާހިމް އުމަރު މަނިކުގެ އާއިލާ އަދި ރަހުމަތްތެރިންނާ އެކު، އެބޭފުޅާ އަވަހާރަވުމުގެ ހިތާމަ ފާޅުކުރާ ކަމަށެވެ. އަދި އެބޭފުޅާއަކީ ބައްޕައެއް، ޑޮކްޓަރެއް، ވިޔަފާރިވެރިއެއްގެ އިތުރުން ރާއްޖެއާއި ކޮކާކޯލާގެ ހަގީގީ އެމްބެސެޑަރެއްކަމަށް ކޮކާކޯލާއިން ބުންޏެވެ.

ކޮކާކޯލާ ކުންފުނިން ބުނީ ޑރ.އިބްރާހިމް އުމަރު މަނިކަކީ ވަޑައިގެންނެވި ކޮންމެ ދާއިރާއަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާ، މުޖުތަމައުގެ މުހިންމު ބިންގަލަކަށް ވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އެބޭފުޅާގެ ސަބަބުން އެހެން ފަރުދުންނާއި ވިޔަފާރިތައްވެސް ކުރިއަރައި ގޮސްފައިވާ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އަލްމަރްޙޫމް ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ހައުސް އޮފިސަރ އިން އެނިސްތީޒިއާކަން ދެއްވީ 16 އޮކްޓޫބަރު 1982 ގައެވެ. ހޮސްޕިޓަލްގެ ވަޒީފާއިން 21 އޭޕްރިލް 1988 ގައި ވަކިވެވަޑައިގެންނެވިރު ހުންނެވީ ސީނިއަރ ރަޖިސްޓްރާރ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.

އަލްމަރްޙޫމް ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކަކީ، ޔުނިވަރސަލް އެންޓަރޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރުވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓަރ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީވެސް އިބްރާހީމް ޢުމަރު މަނިކެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

އިޤްތިޞާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށްވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން ދެއްވާފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ކޮމެޓީގެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގެ މިއަދު ނެގި ވޯޓްގައި ޒަރީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
24 Jun 2026
ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު ހުޅުވަން ތައްޔާރުވެއްޖެ
މިނިސްޓަރު ޝަހީމް ވިދާޅުވީ، މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ ހުކުރުދުވަހުގެ 16:30 ގައި ކަމަށެވެ
24 Jun 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑުން ޢާއިޝަތު އަލީ ވަކިކޮށްފި
ޕީސީބީން މިއަދު ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން މ.ވާރޭވިލާ، ޢާއިޝަތު ޢަލީ, މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.