ހޯރްމޫޒް ކަނޑުއޮޅި- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
24 Jun 2026 | 21:40
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިންގެ ދަހިކަމުން: ޓްރަމްޕް

ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު މިހާރު ވަރަށްބޮޑަށް ދަށަށްގޮސްފައިވާ ކަމަށާއި، އެހެންކަމުން އާއްމުނަށް ވިއްކާ ތެލުގެ އަގު ދަށް ނުވާންވީ ސަބަބެއް މިހާރު ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ތެލުގެ އަގު ހެޔޮނުވެގެން އުޅޭ މައްސަލާގައި ޓްރަމްޕް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ މަޝްރަހަށް އައި ހަމަޖެހުމާއެކު، ޕެޓްރޯލްގެ އަގު ދަށަށްދާނޭކަމަށް އުއްމީދު ކުރެވުނުކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުދާކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މި ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމެރިކާގެ ބޮޑެތި ހަކަތަ އުފައްދާ ކުންފުނިތަކުން ބޮޑު އަގުގައި ތެއޮ ވިއްކާ މައްސަލަ ތަހުގީގުކުރުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއްކަމެއް ވިދާޅެއް ނުވެއެވެ.

އެމެރިކާގެ ތެލާއި ގޭސް އިންޑަސްޓްރީ ތަމްސީލުކުރާ 'އެމެރިކަން ޕެޓްރޯލިއަމް އިންސްޓިޓިއުޓް' (އޭޕީއައި) އިން ބުނެފައިވަނީ، ޕެޓްރޯލްގެ އަގު ބަދަލުވަމުންދަނީ ސާފުނުކުރާ ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެއްވަރަކަށް ނޫން ކަމަށެވެ.

"ސާފުނުކުރާ ތެލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް އެބަދޭ! އެހެން އިބާރާތަކުން ބުނާނަމަ، ކަސްޓަމަރުންގެ އަތުން އެދަނީ ނަހަމަ ފައިދާ ނަގަމުން،" ޓްރަމްޕްގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

ތެލުގެ އަގު ހެޔޮ ނުވާ މައްސަލާ ޝަރިއަތުން ބެލުމަށް ޓްރަމްޕް އަމުރު ކުރައްވާފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ އަގު މިހާރު ވަނީ ވޭތުވެދިޔަ ހަތަރު މަސްދުވަހު ދަށަށް ނުދާވަރަށް ދަށަށްގޮސްފައެވެ. ދުނިޔޭގެ ބާޒާރުގައި މިއަދު ސާފްނުކުރާ ތެއޮ ފީފާއެއްގެ އަގު ހުރީ 74 ޑޮލަރަށްވުރެ ދަށުގައެވެ.

މެދުއިރުމަތީގެ މަޝްރަހް ހަމަޔަކަށް އެޅިފައިވާއިރު، އެމެރިކާ އަދި އީރާނުން އަންނަނީ ސުލްހައިގެ މުއާހަދާތައް އެކުލަވާލައި ތަންފީޒުކުރަން ތައްޔާރުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ