ނަފް ކޭކްސް: ނައްފަގެ މީރު ބަޓާރ، މިލްކް ކޭކްތަކުގެ ވާހަކަ!

03 Dec 2020 | 17:48

އިޖުތިމާއީ ގައިދުރުކަމާއި، ގޭބަންދުގައި އެކަހެރިވެ ހުރުމަކީ މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19 ބަލިން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު މަގެވެ. މި ކަންކަމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ބަޔަކީ އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތް ކުރާ މީހުންނެވެ. އެހެނަސް މި ލޮކްޑައުން ވެފައިވަނީ އެފަރާތްތަކަށް ވިޔަފާރީގެ ރޮނގުން ލިބުނު ކުރިއެރުމެއްވެސް ކަމަށެވެ.

މިއަދު ލޮކްޑައުންވެ ތިބެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ހިތްހަމަ ޖައްސާލަން ކާ އެއްޗަކަށް ތަފާތު އެކި ވައްތަރުގެ ކޭކު ވަނީ ވެފައެވެ. މިކަމުގައި އަޅުގަނޑުމެން ދިވެހިން އިސްތިސްނާ ނުވާއިރު، ދިވެހިރާއްޖޭގައި ކޭކު އެޅުމުގެ ފަންނުގެ ހުނަރުވެރިން ވަރަށް ގިނައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އޭގެ ތެރޭގައިވެސް ގިނައީ ޒުވާން އަންހެނުންކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.

އެހެން ކަމުން މި ރިޕޯޓުގައި ހިމަނާލާނީ އެފަދަ ފަރާތެއްގެ ވާހަކައެވެ. ކޭކު އެޅުމުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ ނައްފަގެ ހުނަރުވެރި ކޭކުގެ ވާހަކައެވެ. ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ނައްފަ "ވޮއިސް" އާއި ވާހަކަ ދައްކަމުން ބުނީ، އޭނާ އަކީ އަބަދުވެސް ކޭކު އަޅަން ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ.

ނަފް ކޭކްސްގެ ނަމުގައި އިންސްޓަގްރާމް އަދި ފޭސްބުކްގައި ހަރަކާތްތެރިވަމުންދާ ނައްފަ ބުނީ އޭނާ މިހާތަނަށް ވެޑިން ޕާޓީ ތަކަށާއި އެކި އެކި ހަފްލާތަކަށްވެސް ކޭކު އަޅާފައިވާ ކަމަށެވެ. އަދި އޯޑަރުކުރުމުން އެކި ރަށްރަށަށްވެސް ކޭކު ޑެލިވަރީ ކޮށްދީފައިވާ ކަމަށް ފާހަގަކުރިއެވެ.

 ނަފް ކޭކްސްގެ ފޭސްބުކް އިންސްޓަގްރާމް ޕޭޖްގައި ނައްފަގެ ހުނަރުވެރި ރީތި މަސައްކަތް ދައްކުވައިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އާންމު ގޮތެއްގައި ހުރިހާ ވައްތަރެއްެގެ ކޭކެއްވެސް އަޅަން ޝައުގުވެރިކަން ހުންނަ ނައްފަ ބުނީ، ކަސްޓަމަރުން އެންމެ ގަޔާވާ ކޭކެއްގެ ގޮތުގައި ފާހަގަވެފައިވަނީ އޭނާގެ ރަހަމީރު، ބަޓަރ ކްރީމް ކޭކް އަދި މިލްކް ކޭކް ކަމަށެވެ.

ނައްފަ އިތުރަށް ބުނިގޮތުގައި މިދާއިރާގައި އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަ ޖެހޭ އެއް މަސައްކަތަކީ ކޭކު ކޯސް ހެދިއިރު ރޯޔަލް އައިސިން ބޭނުންކޮށްގެން ހަދާފައިވާ ކޭކެއް ކަމަށެވެ..

ކޭކުގެ ވިޔަފާރިކުރާ އެހެނިހެން ޒުވާނުން ފަދައިން ނައްފަވެސް އޭނާގެ ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމަށް ބޭނުންވެއެވެ. ނަމަވެސް ކޮވިޑްގެ މިހާލަތުގައި ކޭކު ހެދުމަށް ބޭނުންކުރާ ތަކެތި ނުލިބުމާއި، ގަންނަން ލިބޭ ތަކެތި އަގުބޮޑުކަން ފާހަގަކުރިއެވެ. މި ވިޔަފާރި ކުރިއެރުވުމަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކުރަމުން ނައްފަ ބުނެފައިވެއެވެ.

"ބައެއް ފަހަރު ކޭކު ހެދުމަށް ބޭނުންވާ ތަކެތި ނުލިބުމާއި ތަކެތީގެ އަގުވެސް ބޮޑު.އަދި މިހާރު ކޮވިޑް ތެރޭގަ ވީމަ ކޭކްތަކުގެ އަގުވެސް ކުޑަކޮށްފަ ހުންނަނީ" ނައްފަ ފާހަގަކުރިއެވެ.

މި އިންޓަރވިއު ނިންމާލަމުން ނައްފަ ވަނީ އޭނާގެ މަންމައާއި ބައްޕަ އަދި ފިރިމީހާގެ އިތުރުން އެފެސް ކޭކްސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މިމަސައްކަތަކީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ރަނގަޅު މަސައްކަތެއްކަން ފާހަގަކޮށް ނައްފަ ބުނީ މަސައްކަތް ކޮށްފިއްޔާ މިދާއިރާއަކީ ކުރިއަށް ދެވޭނެ ދާއިރާއެއް ކަމަށެވެ.

ނަފް ކޭކްސްއަށް އޯޑަރުކުރެއްވުމާއި މައުލާމާތު ހޯދުމަށް 9998470 ގުޅާލުމުން ހަމަޖެހިގެންދާނެއެވެ.

ވޮއިސްގެ ޓީމްގެ ފަރާތުން ނައްފައަށް ކާމިޔާބު މުސްތަގްބަލަކަށް އެދެމެވެ!

Advertisement

ކޮމެންޓް