N/A
N/A
ހަބަރު 19 Dec 2020 | 10:09

ރައީސް މައުމޫނަކީ ފިތްކަނޑައިގެންދާވަރުގެ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް: ރައީސް ނަޝީދު

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަކީ ފިތްކަނޑައިގެންދާވަރުގެ އަނިޔާވެެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ބައިވެވަޑައިގެންނެވި ބެލުންތެރިއަކު ކުރީޣެ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމާއި ބެހޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ ކުރީ ވެރިކަން ކުރެއްވި ރައީސުންނާއި މެދު އެގޮތަށް ކަންތައްކުރަން ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އެގޮތުން ރައީސް ޔާމީން ޖަލުގައި ހުންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ނުލެއްވީ އެމަނިކުފާނު ކަމެއް ނުކުރައްވާތީ ނޫން ކަމަށާއި، މައުމޫނަކީ 30 އަހަރު ރާއްޖެއަށް ޚިދުމަތްކުރެއްވި، ދިވެހިން ފިތްކަނޑައިގެންދާ ވަރުގެ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު އެކަން ބެލީ ތާރީހުގެ ފަށްފުށަށް ގެންދެވި، އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދުން" މައުމޫން ޖަލަށް ނުލެއްވި ސަބަބާއި ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި
24 Oct 2026 ހަބަރު

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިފަހުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ފެންބޮޑުވެ ގެއްލުންވި ރަށްތަކުގެ އެންމެ ފަހުގެ ހާލަތު އެންޑީއެމްއޭ އިން ވަނީ އާންމުކޮށްފައެވެ

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު
24 Oct 2026 ހަބަރު

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު

މަޝްރޫއު ހިންގުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖެއަށް ނުހަނު ފައިދާހުރި ރަނގަޅު މަޝްރޫއެއް ކަމަށެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި
24 Oct 2026 ހަބަރު

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ތިނަދޫގައި ރޭޕް މައްސަލައެއް ފެންމަތިވެފައިވަނީ، މިދިޔަ ހަފްތާގައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ރޭޕް މައްސަލާގައި 22 އަހަރުގެ އަންހެނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުފެ ދަށަށް ގެނެސްފައިވާކަމަށެވެ

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު
24 Oct 2026 ހަބަރު

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.