16 Dec 2020 | 18:36
މަރްޒޫޤަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ މެރިޓް އެވޯޑް ދީފި

ކުޅިވަރުގެ ކުރިއެރުމަށް އޭޝިޔާ ސަރަހައްދުގައި ފާހަގަކުރެވޭފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާ (އޯސީއޭ) ފަރާތުންދޭ އޯޑަރ އޮފް މެރިޓް އެވޯޑް ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫޤަށް ލިބިވަޑައިގެންފިއެވެ.

މަރްޒޫޤަށް މި އެވޯޑް ލިބިވަޑައިގެންނެވީ އޮމާންގެ ވެރިރަށް މަސްކަޓްގައި މިހާރު ކުރިއަށްދާ އޯސީއޭގެ 39ވަނަ ޖެނެރަލް އެސެމްބްލީގެ ތެރެއިންނެވެ. އެބޭފުޅާއަށް މި އެވޯޑް ހަވާލުކޮށްދެއްވީ އޯސީއޭގެ ރައީސް ޝައިޚް އަހުމަދު އަލް ފަހުދު އަލް ސަބާހް އަދި އޮމާންގެ އޮލިމްޕިކް ކޮމެޓީގެ ރައީސް ސައްޔިދު ޚާލިދް ބިން ހަމަދު އަލް ބުސައިދީއެވެ.

2009ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ މަރްޒޫޤަކީ އޯސީއޭ މީޑިޔާ ކޮމެޓީގެ މެންބަރެއްވެސް މެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަރްޒޫޤަކީ ދިވެހި ކުޅިވަރު އާއިލާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ބޭފުޅެކެވެ. އެގޮތުން ދިވެހި އެތްލީޓުންނަށް ބޭރު ގައުމުތަކުން ތަމްރީންގެ ފުރުސަތުތައް ހޯއްދަވައިދެއްވާ، އެކި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Apr 2026
ބައި އިލެކްޝަންގައި ވާދަކުރާނެ ކަމަށް ސިނާން އިއުލާނު ކޮށްފި
ސިނާން މިރޭ ވިދާޅުވީ އޭނާ ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށެވެ. މެންބަރުންގެ ތާއީދަށް ވެސް އެދިފައިވެ އެވެ.
14 Apr 2026
އެމެރިކާއިން ހޮރްމޫޒް ބަންދުކޮށްފައި ވަނިކޮށް ރަޝިޔާގެ ޚާރިޖީ ވަޒީރު ޗައިނާއަށް
14 Apr 2026
ބަންޑާރަ ނާއިބަކީ އުޝާމް، ޑިފެންސާއި ފިޝަރީޒަށް ވަޒީރުން އައްޔަނުކުރާނެ
އެއީ ޑިފެންސް މިނިސްޓަރު ކަމަށާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރެވެ. އެ ދެ މަގާމަށް އައްޔަނު ކުރައްވާނީ ކޮން ބޭފުޅުންނެއް ކަމެއް ސާފެއް ނުވެ އެވެ.
14 Apr 2026
ވަޒީރުންގެ މަޖިލީސް 15އަށް ކުޑަކޮށް 12 ވަޒީރުން ހުވާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.
14 Apr 2026
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ކަމަށް ގީލާ އައްޔަނު ކުރައްވައިފި
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ މަޤާމަށް ގީލާ ޢަލީ އައްޔަންކުރައްވައިފި އެވެ.
14 Apr 2026
އާޓްސް، ކަލްޗާ އެންޑް ހެރިޖޭޓް މިނިސްޓަރު ކަމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި
މިނިސްޓްރީ އޮފް އާޓްސް, ކަލްޗާ އެންޑް ހެރިޖޭޓްގެ މަގާމަށް ހީނާ ވަލީދު އައްޔަނު ކުރައްވައިފި އެވެ.
14 Apr 2026
ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން އެއް ވުޒާރާއަކަށް
14 Apr 2026
ސާހިލްއަށް 3 އަހަރުގެ ޖަލު ހުކުމެއް
ކޯޓުން މިއަދު ކުރިއަށްގެންދިޔަ ދައުވާތަކަކީ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ދައުވާތަކުގެ ތެރޭގައި ހިމެނޭ ދައުވާތަކެކެވެ. މި ދައުވާތަކުގެ ބާވަތްވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ