N/A
N/A
ހަބަރު 20 Dec 2020 | 08:02

ރައީސް ޔާމިންގެ އަމުރަށް ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރެއް ނުކުރޭ: ޑރ.ދީދީ

ރައީސް އަބްދުﷲ ޔާމީންގެ އަމުރުފުޅަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާއި ޚިލާފް ވާހަކައެއް ކަމަށް ސުޕްރީމް ކޯޓުގައި އޭރު ހުންނެވި ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަބްދުﷲ މުހައްމަދު، ރައީސް ނަޝީދުގެ އަމުރަށް ހައްޔަރުކުރި މައްސަލައަކާއި، ރައީސް ޔާމިންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ ދެ ފަނޑިޔާރެއް ހައްޔަރުކުރި މައްސަލަ ބަލަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްޙާން ފަހްމީ ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ޑރ.އަހްމަދު ވިދާޅުވީ، ރައީސް ޔާމިންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަޤީޤަތާއި ޚިލާފް ވާހަކައެއް ކަމަށެވެ.

"ރައީސް ޔާމިންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރު ވާހަކައަކީ ޙަޤީޤަތާއި ޚިލާފު ވާހަކައެއް.ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ޤާއިމްވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރުވުން/ކުރެވޭ ފަރާތްތަކުގެ މައްސަލަ" ޑރ.އަހްމަދު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތަކުރާރުކޮށް އާއްމުންނަށް ގޯނާކޮށް، އުނދަގޫ ކުރާ މީހާ 15 ދުވަހަށް ބަންދުކޮށްފި
18 Oct 2026 ހަބަރު

ތަކުރާރުކޮށް އާއްމުންނަށް ގޯނާކޮށް، އުނދަގޫ ކުރާ މީހާ 15 ދުވަހަށް ބަންދުކޮށްފި

ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް، ބިރުދައްކައި، އުނދަގޫތައް ކުރަމުންދާ މައްސަލާގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި
18 Oct 2026 ހަބަރު

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ )އެމްއެންޔޫ( އިން ނެރުނު ބަޔާނުގައިވާ ގޮތުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް )އެންސީޕީއެލްއީ( އަށް ހާއްސަކޮށް ބޭއްވި އެ ވޯކްޝޮޕުގައި 35 ބައިވެރިއަކު ބައިވެރިވިއެވެ. ބައިވެރީން ވޯކްޝޮޕުގައި ބައިވެރިވީ ސީދާ ހާޒިރުވެ، އަދި އޮންލައިންކޮށް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ
18 Oct 2026 ހަބަރު

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ

އާންމު މަގުތަކުގައި ހުތުރު އެއްޗެހި ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް މި ޤައުމުގައި ނެތްތޯ، މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ސުވާލެއް އަމާޒުކޮށްފިއެވެ.

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި
18 Oct 2026 ހަބަރު

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ހުރި ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް ހުސްކުރަން އެންގުމާ އެކު، ކުލި ދެއްކުމަށް އެދި އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( އިން ހާމަކޮށްފިއެވެ.

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ
18 Oct 2026 ހަބަރު

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“
18 Oct 2026 ހަބަރު

ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރަށްފަހު ނިންމާލައިފި؛ ”މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަޒީރު އާއި ޕީޖީ ދެއްވި“

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ގާތްގަނޑަކަށް 35 ގަޑިއިރު ވަންދެން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އެންމެ ފަހުން ހުއްޓާލައިފިއެވެ.

މަސްތުވާތަކެތީގެ ތަހުލީލަށް ނަގާ ސާމްޕަލްތަކުގެ ދެވަނަ ޓެސްޓް ހަދައިދޭނެ ފަރާތެއް ފުލުހުން ހޯދަނީ
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ތަހުލީލަށް ނަގާ ސާމްޕަލްތަކުގެ ދެވަނަ ޓެސްޓް ހަދައިދޭނެ ފަރާތެއް ފުލުހުން ހޯދަނީ

ފުލުހުން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން، މި ހިދުމަތް ހޯދަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 2011/17 ގެ ދަށުން ނަގާ ކުޑަކަމުދާ ތަކެތީގެ ސާމްޕަލްތައް ދެވަނަ ފަހަރަށް ޓެސްޓް ކުރުމަށެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.