24 Dec 2020 | 09:13
މިސަރުކާރުން ވަނީ ދިވެހި ޒުވާނުން ބޯހިޔާވަހިކަމުން މަޙްރޫމްކޮށްފައި: އިދިކޮޅު ކޯލިޝަން

މިސަރުކާރުން ދިވެހި ޒުވާނުން ބޯހިޔާވަހިކަމުން މަހްރޫމްކޮށްފައިވާ ކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އެއޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އަލަތު ކައިވެނިކުރާ ޒުވާނުންނަށް ޚާއްސަކޮށްގެން ފްލެޓްތަކެއް ޤާއިމްކޮށްދެއްވި ކަމަށާއި، ނަމަވެސް މިސަރުކާރުން ވަނީ ޒުވާނުން ބޯހިޔާވަހިކަމުން މަޙްރޫމްކޮށްފައި ކަމަށެވެ.

"ޒުވާނުންނަށް ޚާއްސަކޮށްގެން ރައީސް ޔާމީންގެ ސަރުކާރުން ފްލްޓްތަކެއް ޤާއިމްކުރެއްވި.މިސަރުކާރުން އައިސް މިބުނަނީ މިއީ ވުޖޫދުގަވެސް ނެތް އެއްޗެކޭ.ޒުވާނުންނަށް ޚާއްސަކޮށްގެން 2500 ފްލެޓެއްގެ ވާހަކަދެއްކި.އަނެއްކާ ފްލެޓް ކޮމިޓީން އަރާފަ މިބުނަނީ އެވެސް ވުޖޫދުގަ ނެތް އެއްޗެކޭ." ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ފްލެޓް ކޮމިޓީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ފްލެޓްތަކުގެ މަޢުލޫމާތު ދެވިފައިނުވި ނަމަވެސް އެއްކޮޓަރީގެ ފްލެޓްތަކުގެ ފޮޓޯ ނޫސްތަކުގައި ޝާއިއުކޮށްފައި ހުރިކަމަށެވެ. އަދި 2500 ފްލެޓް އަލަތު ކައިވެނިކުރާ ޒުވާނުންނަށް ޚާއްސަކޮށްގެން ޤާއިމްކުރިއިރު، މިސަރުކާރުން ވަނީ ފްލެޓްތަކުގެ ޢަދަދު ކުޑަކޮށްފައި ކަމަށެވެ.

އެހެންކަމުން އެއީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ މައްސަލައެއްނޫން ކަމަށް ވިދާޅުވެ، ނަރީޝް ވިދާޅުވީ، ފްލެޓްތަކަށް ކުރިމަތިލީ އެއަދަދަށްކަމަށާއި، ނަމަވެސް މިސަރުކާރުން ހަދާފައިވާ ޑީލެއްގެ ތެރެއިން އެ އަދަދު ކުޑަކުރުމަކީ، މިސަރުކާރުގެ ޕްރޮޖެކްޓަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.