03 Jan 2021 | 17:30
ޖޫލިއަން އަސާންޖް އެމެރިކާއަށް ފޮނުވާލުމާއި މެދު ކޯޓުން މާދަމާ ގޮތެއް ނިންމަނީ

އެމެރިކާ ފަދަ ގައުމުތަކުގެ ސަރުކާރުތަކުން ހިންގާފައިވާ ތުހުމަތުކުރެވޭ ސިއްރު މުއާމަލާތްތަކާ ހަނގުރާމައިގެ އަނިޔާވެރި އަމަލުތައް ފަޅާއަރުވާލި މަޝްހޫރު ވިކިލީކްސް ވެބްސައިޓްގެ ބާނީ ޖޫލިއަން އަސާންޖް އެމެރިކާއަށް ފޮނުވާލުމާއި މެދު އިނގިރޭސިވިލާތުގެ ކޯޓުން މާދަމާ ގޮތެއް ނިންމާނެއެވެ. 

އޮސްޓްރޭލިޔާއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އަސާންޖްގެ މައްޗަށް 2010ވަނަ އަހަރުގައި ސްވިޑެންއިން ވަނީ ޖިންސީ ގޯނާގެ މައްސަަލައެއްގެ ތުހުމަތުގައި ބައިނަލްއަގްވާމީ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. ނަމަވެސް އަސާންޖް އަދި ވިކިލީކްސްއިންވެސް އޭރު ބުނެފައިވަނީ މި އަމުރަކީ އޭނާ ސްވިޑެންއަށް ގެންގޮސް، އެމެރިކާއާ ގުޅޭ ސިއްރު މައުލޫމާތުތައް އާންމުކުރި މައްސަލައިގައި އެގައުމަށް ފޮނުވާލުމަށް ކުރާ "އަސްލެއް ނެތް" ކަމެއް ކަމަށެވެ.

މި މައްސަލަ މިހެން އޮއްވާ އަސާންޖް ވަނީ 2012ވަނަ އަހަރުގެ ޖޫންމަހުގައި ލަންޑަންގައި ހުންނަ އިކުއެޑޯރގެ އެމްބަސީއަށް ވަދެ، އެތަނުގެ ސިޔާސީ ހިމާޔަތް ހޯދާފައެވެ. އެތަނުގައި ހުރެގެންވެސް އޭނާ  ދޔައީ ވިކިލީކްސްގެ މަސައްކަތްތައް ކުރަމުންނެވެ. މިހެން އޮއްވާ، ސްވިޑެންގެ ސަރުކާރުން އޭނާގެ މައްޗަށް ކުރަމުންެދިޔަ ތުހުމަތުތަކުގެ ތަހުގީގު 2019ވަނަ އަހަރުގައި ހުއްޓާލިއެވެ.

އެހެނަސް އެ އަހަރުގެ ތެރޭގައި އިކުއެޑޯރގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާ އެކު، އެޕްރީލްމަހުގެ ތެރޭގައި އެގައުމުން އޭނާއަށް ދީފައިވާ ހިމާޔަތް އަނބުރާ ނެގިއެވެ. މިއާއި އެކު އިނގިރޭސި ފުލުހުން އެ އެމްބަސީއަށް ވަނުމުގެ ހުއްދަ ދީ، 2012ވަނަ އަހަރު ދެވުނު ކަފާލާތާއި ޚިލާފްވިކަމަށް ބުނާ މައްސަލައެއްގައި އޭނާ ހައްޔަރުކުރެވުނެވެ. އެއަށްފަހު 50 ހަފްތާގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވުނެވެ.

އިނގިރޭސިވިލާތުގެ ޖަލުގައި އަސާންޖް ހުރިއިރު، އެމެރިކާއިން ވަނީ އެގައުމުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ އެގައުމަށް ފޮނުވައިދޭން ނުވަތަ އެކްސްޓްރަޑައިޓް ކޮށްދޭން އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދިފައެވެ. 

މިފަދައިން މައުލޫމާތު ހާމަކުރި މައްސަލައެއްގައި އެކްސްޓްރަޑައިޓް ކޮށްދޭން އެދުމަކީ މިނިވަން މީޑިޔާގެ މަސައްކަތަށް އެޅޭ ހުރަހެއްގެ ގޮތުގައި ބައިނަލްއަގްވާމީ އެހެން މީޑިޔާތަކާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި މިފަރާތްތަކުން ވަނީ އަސާންޖް އެމެރިކާއަށް އެކްސްޓްރަޑައިޓް ނުކުރުމަށާއި، އޭނާއާ ދެކޮޅަށް އުފުލިފައިވާ ދައުވާތައް އަނބުރާ ގެންދަންވެސް އެދިފައެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ ކޯޓުން މާދަމާ ގޮތެއް ނިންމާނެއެވެ. ނަމަވެސް އަސާންޖް އެމެރިކާއަށް ފޮނުވާލުމުގެ މައްސަލައާ މެދު ފަހު ގޮތެއް ނިންމުމުގެ ބާރު އޮންނާނީ އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޕްރީތީ ޕަޓޭލްގެ އަތްޕުޅުގައެވެ.

އަދި އެކްސްޓްރަޑީޝަންގެ ހުކުމެއް ކޯޓުން އައިކަމުގައި ވީނަމަވެސް އެކަން ފުރިހަމަވާން ދުވަސްތަކެއް ނަގާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. އަސާންޖްގެ ބައިވެރިޔާ އަދި އޭނާގެ ދެކުދިންގެ މަންމަ ޓްވިޓަރ މެދުވެރިކޮށް ވަނީ އަސާންޖަށް މައާފު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
ބަންގްލަދޭޝުން ރާއްޖެއަށް 20,000 ގަސް ހަދިޔާކޮށްފި
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20000 ގަސް ހަދިޔާކޮށް އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީ ގޮތުން ހަވާލުކޮށްދެއްވައިފިއެވެ.
27 Jul 2026
ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުން
ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް އަޙްމަދު އަލްޝަރަޢު ވިދާޅުވެއްޖެއެވެ.
27 Jul 2026
ޓެކްނޮލޮޖީގެ ސަބަބުން ތިމާގެ ހަށިގަނޑަށްވެސް ބަދަލުތައް އަންނަކަން އެނގޭތަ؟
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ ބައްޓަމަށާއި ފިޒިކަލް ހެލްތަށް އަންނަ ބަދަލުތަކަކީ މާ ނުރައްކާތެރި ބަދަލުތަކެކެވެ.
27 Jul 2026
އެމެރިކާއާއި އީރާނުގެ ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 އިންސައްތަ ދަށަށް
މި ބަދަލާއެކު، ބްރެންޓް ކުރޫޑްގެ އަގު ފީފާއަކުން 4.89 ޑޮލަރު ނުވަތަ 5.05 އިންސައްތަ ދަށަށް ގޮސް، މިހާރު ހުރީ 91.89 ޑޮލަރުގައެވެ. މިއީ ފާއިތުވި ތިން ހަފުތާގައި އަގު މަތިވަމުން ދިޔުމަށްފަހު، އެއް ހަފުތާ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ކުރިން ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާ ހުރެ ބްރެންޓް ކުރޫޑްގެ އަގު ހުރީ ފީފާއަކަށް 100 ޑޮލަރަށްވުރެ މަތީގައެވެ.
26 Jul 2026
މާލޭ ދެކުނު ފަރާތު ފަޅުން ނިކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ
ލޯންޗު އުރިފައިވަނީ، އުދަ އެރިވަގުތު ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އެވަގުތު ލޯންޗުގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ.
26 Jul 2026
ނަތަންޔާހޫ އެމެރިކާ ދަތުރާ ގުޅިގެން އީރާނުގެ އިންޒާރެއް
ނަތަންޔާހޫ ވޮޝިންޓަނަށް މާދަމާ ދާއިރު، މި ދަތުރާ ގުޅިގެން މަޝްރަހް ވަނީ އިތުރަށް ގޯސްވެފައެވެ. މި ދަތުރުގެ މައިގަނޑު ވާހަކައަކީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައެވެ
26 Jul 2026
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ
26 Jul 2026
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ