ސީރިޔާގެ ރައީސް
ދުނިޔެ
27 Jul 2026 | 08:57
ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ރައީސް އަލްޝަރަޢު ވިދާޅުވެއްޖެ

ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް އަޙްމަދު އަލްޝަރަޢު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޝަރަޢު ވިދާޅުވީ، މިފަދަ އެއްބަސްވުމެއްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ސުލްހައަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރައީސް ޝަރަޢު ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމަކަށް ދިޔަ ނަމަވެސް، 1967 ވަނަ އަހަރު އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސްގެ މައްޗަށް ސޫރިޔާއަށް އޮތް ހައްގުތައް ދޫކޮށް ނުލާނެއެވެ. އަދި އިސްރާއީލުން ސޫރިޔާއާ މެދު ގެންގުޅޭ ސިޔާސަތުތައް ހަމަހަމަ ކުރުމަށްޓަކައި ބައިނަލްއަގުވާމީ ގިނަ ގައުމުތަކެއް މެދުވެރިކޮށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުވަން މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުމާއެކު، އިސްރާއީލު ސިފައިން ވަނީ ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް އަރައި، ދިމިޝްގު ފެންނަ ހިސާބުގައި އޮންނަ މައުންޓް ހާމަން ފަދަ މުހިންމު ތަންތަން ހިފާފައެވެ. އޭގެ ފަހުން އިސްރާއީލުން ދަނީ ސޫރިޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ، މީހުން ހައްޔަރުކުރަމުންނެވެ. އެންމެ ފަހުން އާދީއްތަ ދުވަހުވެސް އިސްރާއީލުން ވަނީ ސޫރިޔާގެ މާރިފާ އަވަށުގެ ކަރަންޓު ޓްރާންސްފޯމަރަކަށް ހަމަލާދީ، އެ އަވަށުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ކުރިމަތިލުންތަކުން ދުރުހެލިވާން،" ޝަރަޢު ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުމާއެކު، އިސްރާއީލު ސިފައިން ވަނީ ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް އަރައި، ދިމިޝްގު ފެންނަ ހިސާބުގައި އޮންނަ މައުންޓް ހާމަން ފަދަ މުހިންމު ތަންތަން ހިފާފައެވެ. އޭގެ ފަހުން އިސްރާއީލުން ދަނީ ސޫރިޔާގެ އެކި ސަރަހައްދުތަކަށް ހަމަލާދީ، މީހުން ހައްޔަރުކުރަމުންނެވެ. އެންމެ ފަހުން އާދީއްތަ ދުވަހުވެސް އިސްރާއީލުން ވަނީ ސޫރިޔާގެ މާރިފާ އަވަށުގެ ކަރަންޓު ޓްރާންސްފޯމަރަކަށް ހަމަލާދީ، އެ އަވަށުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައެވެ.

ރައީސް ޝަރަޢުގެ މިފަދައިން ވިދާލުވެފައި މިވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ސޫރިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން އދ. ގެ އެންމެ އިސްވެރިޔަކު ސޫރިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގުޓަރޭޒް ވަނީ ސޫރިޔާގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމް ކުރުމަށް ގޮވާލައްވައި، 1974 ވަނަ އަހަރުގެ އެއްބަސްވުމާ އިސްރާއީލުން ހިލާފުވާ ހިލާފުވުންތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ލުބުނާނުގެ ހިޒްބުالله އާ ދެކޮޅަށް އަސްކަރީ އެއްވެސް ހަރަކާތެއް ހިންގުމަށް ގަސްދުނުކުރައްވާ ކަމަށް ރައީސް ޝަރަޢު ވިދާޅުވިއެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ބުނެފައިވަނީ ހިޒްބުالله އާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭގޮތުން ރައީސް ޝަރަޢުއާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ސޫރިޔާގެ އާ ސަރުކާރުން ބުނީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ 14 އަހަރުވީ ހަނގުރާމައަށްފަހު، އެގައުމުގެ ބައިނަލްއަގުވާމީ ގުޅުންތައް އާލާކޮށް އިގުތިސާދު އާރާސްތު ކުރުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.