09 Jan 2021 | 14:38
ޙިސާބެއްނެތި ސުވަރުގެ ވަންނަ ހަތްދިހަ ހާސްމީހުން!

އިމާމް ބުޚާރީއާއި އިމާމް މުސްލިމް، އެދެބޭކަލުންގެ ޞަހީޙުގައި ރިވާކުރައްވާފައިވެއެވެ. އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ވިދާޅުވިއެވެ. އެއްދުވަހެއްގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ތިމަންމެންގެ ތެރެއަށް ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް އުއްމަތްތައް ދައްކާލެވުނެވެ. ފަހެ، ނަބީބޭކަލަކާއެކު އެންމެ މީހެއް ވި (އެބަހީ؛ އެންމެ މީހެއް އީމާންވި) ނަބިއްޔުންވިއެވެ. އަދި ނަބީބޭކަލަކާއެކު ދެ މީހުން ވި ނަބިއްޔުންވިއެވެ. އަދި ނަބީބޭކަލަކާއެކު ދިހަވަރަކަށް މީހުން ވި ނަބިއްޔުންވިއެވެ. އަދި ނަބީބޭކަލަކާއެކު އެއްވެސްމީހަކު ނުވާ ނަބިއްޔުންވެސްވިއެވެ. ދެން ލޮލުކޮޅަށް އޮބާލާވަރުގެ ބޮޑު އަނދިރިގަނޑެއް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. (އެބަހީ؛ މީހުން ގިނަކަމުން އަނދިރިގަނޑެއްގެ ގޮތަށް ފެންނަ ބައެއް ދެކެވަޑައިގަތީމެވެ.) އެހިނދު، އެއީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންކަމަށް ތިމަންކަލޭގެފާނު އުއްމީދުކުރެއްވީމެވެ. ތިމަންކަލޭގެފާނަށް ދެންނެވުނެވެ. 'މިއީ މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނެވެ.' ދެން ތިމަންކަލޭގެފާނަށް ދެންނެވުނެވެ. 'ކަލޭގެފާނު ބައްލަވާށެވެ!' އެހިނދު، ލޮލުކޮޅަށް އޮބާލާވަރުގެ ބޮޑު އަނދިރިގަނޑެއް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދިވެސް ތިމަންކަލޭގެފާނަށް ދެންނެވުނެވެ. 'މި ފަރާތަށާއި މި ފަރާތަށް ބައްލަވާލައްވާށެވެ!' އެހިނދު، ކޮންމެ ދިމާލަކުންވެސް ލޮލުކޮޅަށް އޮބާލާވަރުގެ ބޮޑު އަނދިރިގަނޑެއް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން ތިމަންކަލޭގެފާނަށް ދެންނެވުނެވެ. "މިއީ ކަލޭގެފާނުގެ އުއްމަތުގެ މީހުންނެވެ. މިބައިމީހުންގެ ތެރޭގައި ޙިސާބެއްނެތި ސުވަރުގެ ވަންނާނެ 70 ހާސް މީހުންވެއެވެ." މި ހިސާބަށް ޙަދީޘްކުރެއްވުމަށްފަހު، އެއީ ކޮންބައެއްކަން ބަޔާންނުކުރައްވައި، އެކަލޭގެފާނުގެ ގެކޮޅަށް ވަދެވަޑައިގެންނެވިއެވެ.

ދެން، ޙިސާބެއްނެތި އަދި ޢަޛާބެއްނެތި ސުވަރުގެ ވަންނަ ބަޔަކާމެދު ޞަޙާބީންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިއްޖެއެވެ. އޭގެތެރެއިން ބައެއް ބޭކަލުން ވިދާޅުވީ އެބަޔަކީ ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާ ބައްދަލުވެވަޑައިގެންނެވި ޞަޙާބީންކަމުގައެވެ. އަނެއްބައި ބޭކަލުން ވިދާޅުވީ އެބަޔަކީ އިސްލާމްކަންމަތީ ދުނިޔެއަށް އުފަންވެ، އެއްވެސްގޮތަކަށް ޝިރުކުނުކުރާމީހުން ކަމުގައެވެ. އަދި މިނޫންވެސް އެކި ގޮތްގޮތަށް ވާހަކަދެކެވުނެވެ. 

ދެން، ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. "ތިޔަ ބޭކަލުން ޚިޔާލުތަފާތުވެވަޑައިގެން އުޅުއްވަނީ ކޮންކަމަކާތޯއެވެ؟" އެހިނދު، އެބޭކަލުންގެ ވާހަކަތަކުގެ ޚަބަރު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "އެބައިމީހުންނަކީ (އެބަހީ؛ ޙިސާބެއްނެތި ސުވަރުގެ ވަންނާނެ މީހުންނަކީ) ބަދުފާލު ނުބަލާމީހުންނެވެ. އަދި މީސްތަކުންކުރެ ރުޤްޔާކޮށްދިނުމަށް ނޭދޭމީހުންނެވެ. އަދި ފާރުގަނޑުތަކުގައި ފަރުވާގެގޮތުން ދޮންދަގަނޑު ނުޖައްސާމީހުންނެވެ. އަދި އެބައިމީހުންގެ ވެރި ރައްބަށް ވަކީލުކުރާމީހުންނެވެ." އެހިނދު، ޞަޙާބީންކުރެ، ޢުއްކާޝާ ބުން މިޙްސަން ތެދުވެވަޑައިގެން ދެންނެވިއެވެ. "އެމީހުންގެ ތެރޭގައި ތިމަން ލައްވާތޯ ﷲއަށް ދުޢާކޮށްދެއްވާށެވެ!" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިބާވަނީ އެމީހުންގެ ތެރެއިންނެވެ." ދެން އެހެން ބޭކަލަކު ތެދުވެވަޑައިގެން ދެންނެވިއެވެ. "އެމީހުންގެ ތެރޭގައި ތިމަން ލައްވާތޯ ﷲއަށް ދުޢާކޮށްދެއްވާށެވެ!" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެކަމުގައި ޢުއްކާޝާ ތިބާއަށް ވުރެ ކުރިއަރައި ހިނގައްޖެއެވެ."

މިއީ އެދުވަހެއްގައި އެންމެހާ މީސްތަކުންގެ ޙިސާބު ބެލެވޭ ދުވަހުގައި މާތް ﷲ ގެ އަޅުތަކުންކުރެ ބައެއް އަޅުތަކުންގެ ޙާލަތެވެ. މި އަޅުތަކުންނަށް މި އުފާވެރިކަން ލިބިފައިވަނީ ދުނިޔެ މަތީގައި އެބައިމީހުން ކުޅަ ޢަމަލުތަކުގެ ސަބަބުންނެވެ. މަޙްޝަރުގެ މައިދާނުގައިވާ ކޮންމެ މީހަކުމެ މި އަޅުތަކުންގެ ތެރޭގައި ވޭތޯ އެދިއެދި ތިބޭނެއެވެ. މި މާތް އަޅުތަކުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ. މާތް ﷲ މި އަޅުތަކުންގެ ތެރޭގައި އަޅަމެން ލައްވާށި! އާމީން.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.