Advertisement

ދެއްވަދޫއަށް ސިއްހީ ޚިދުމަތްތެރިންގެ ޓީމެއް ފޮނުވައިފި

11 Jan 2021 | 12:28

ގއ.ދެއްވަދޫ އިން ގިނަ ޢަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުގައި ސިއްހީ ޚިދުމަތްތެރިން މަދުވުމާއި ގުޅިގެން ޓީމެއް ފޮނުވައިފައިވާ ކަމަށް ހެލްތު އިމްޖެންސީ އޮޕްރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވަދޫ ކްލަސްޓަރ އާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޓޯލްސް ޕްރެޕެއާޑްނެސް ކްލަސްޓާގެ ފަރާތުން މައުރޫފް ވިދާޅުވީ، މުވައްޒަފުންގެ ދަތިކަން ކުރިމަތިވުމާއި ގުޅިގެން، ގއ.ދެއްވަދުއަށް ސިއްހީ ޚިދުމަތްތެރިންގެ ޓީމެއް މިހާރު ފޮނުވާފައިވާ ކަމަށެވެ.

"މިވަގުތު އެރަށަށް ބޭނުންވާ ބައެއް ކަހަލަ ޓެކްނިކަލް މުވައްޒަފުން މިވަގުތު ވަނީ ރިޕްލޭސް ކުރެވިފައި. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން މިވަގުތު އިތުރު ދެ ނަރުހުން އަދި ހަމައެހެންމެ ޑޮކްޓަރެއް އަދި ހެލްތު ވޯކަރެއް ހިމެނޭހެން ވަގުތީ ގޮތުން ދެއްވަދޫގައި މަސައްކަތްކުރުމަށް އިތުރު ޓީމެއް ފޮނުވާފައި." މައުރޫފް ވިދާޅުވިއެވެ.

ދެއްވަދޫ އިން މިހާތަނަށް 22 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.އެގޮތުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި 149 މީހަކު ވަނީ ފާހަގަކުރެވިފައެވެ.

Advertisement

ކޮމެންޓް