Advertisement

އައްޑޫ ފްލައިން ސްކޫލް ޖޫރިމަނާކޮށްފި

11 Jan 2021 | 23:48

އައްޑޫ ސިޓީގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ހިންގަމުން އަންނަ ފްލައިން ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފްލައިން ސްކޫލް ޖޫރިމަނާ ކޮށްފައިވަނީ، މަދަނީ ދަފްތަރުގެ ޤާނޫނުގެ ދަށުންނެވެ. މަދަނީ ޤާނޫނުގެ ދަފްތަރުގައި ބަޔާންކޮށްފައިވާ ގޮތުން ޤާނޫނާއި ޚިލާފްވާ ފަރާތްތައް 100،000 ރުފިޔާއަށްވުރެ ބޮޑުނުވާ ޢަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

އައްޑޫ ފްލައިން ސްލޫކުގެ ގިނަ ދަރިވަރުންތަކެއް ވަނީ އެންގުމަކާއި ނުލައި އެސްކޫލުން ވަކިކޮށްފައެވެ. އެކުދިން ވަކިކޮށްފައިވަނީ ކޯހުގެ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ކޯސް ނިމިފައި ނުވާތީއާއި، ކިޔެވުމަށް ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށް ބުނެއެވެ.

އައްޑޫ ފްލައިން ސްކޫލުގެ ގިނަ މައްސަލަތަކެއް ހުރިއިރު، އެ މައްސަލަތައް ޢިސްލާހްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި، ހަޔާ އެޑިއުކޭޝަނުން ވަނީ އެސްކޫލަށް އަންގާފައެވެ.އަދި އެގޮތަށް ޢަމަލުނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓްކުރުމުން، އެމައްސަލަތައް ބަލާނެ ކަމުގެ ޔަޤީންކަން އެމިނިސްޓްރީން ވަނީ ދެއްވާފައެވެ.

އަދި ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖެއްސުމަށާއި، ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުކުރަން ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށާފައިވާއިރު، އެ ސްކޫލްގައި ތިބި ބައެއް ދަރިވަރުންގެ ކޯސް ފުރިހަމަ ކުރަން ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ދާދިފަހުން ބޭއްވި ޤަޢުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް