13 Jan 2021 | 20:36
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ އެމްޑީއަކަށް ރިޒްވީ

ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން އުފެއްދި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ބޯޑު އެކުލަވާލައި، އެކުންފުނީގެ އެމްޑީއަކަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އައްޔަންކޮށްފިއެވެ.

"ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. އެ ކުންފުންޏަކީ 100 ޕަސެންޓްް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. 200 މިލިއަން ހިއްސާގެ މި ކުންފުނީގެ ރައުސުލްމާލަކީ ދެ ބިލިއަން ރުފިޔާއެވެ.

އެގޮތުން ކުންފުނީގެ ޗެއާމަން ކަމަށް އައްޔަން ކުރައްވާފައިވަނީ 2009 ވަނަ އަހަރު، އޭރު ހިންގި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަން ކުރެއްވި އަބްދުލް ލަތީފު ގާސިމެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައިވަނީ އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

ރީޖަނަލް އެއާޕޯޓްސް އުފެއްދުމާ ގުޅިގެން ސަރުކާރުގެ މަސްއޫލު އިދާރާއެއްގެ ގޮތުގައި ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ވަނީ ކޯޕަރަޓައިޒްކުރުމަށް ނިންމައިފަ އެވެ. އަދި އެ ނިންމުމާ ގުޅިގެން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ރީޖަނަލް އެއާޕޯޓްސް ކޯޕަރަޓައިޒްކުރުމާގުޅޭ ޗާޓަރެއްވެސް މިއަދު ވަނީ ޢާންމުކޮށްފައެވެ.

އެޗާޓަރުގައި ބުނާގޮތުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ބަދަލު ކުރަނީ މިވަގުތު ރީޖަނަލް އެއާޕޯޓްސް ގެ ބެލުމުގެ ދަށުން ކުރާ ހުރިހާ މަސައްކަތެކެވެ. ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގައި މިވަގުތު ހުރި ހުރިހާ ސަރަހައްދީ އެއާޕޯޓްތަކާއި އެތަންތަނުގައި ހުރި އެންމެހައި ވަސީލަތްތަކާއި ހަރުމުދަލާއި ނުއުފުލޭ މުދަލާއި މުވައްޒަފުންނާއި އެ ތަންތަނާ ގުޅޭ އެންމެހައި އެއްބަސްވުންތަކާއި އަދި އެނޫންވެސް ރީޖަނަލް އެއާޕޯޓްސްއާ ގުޅޭ އެންމެހައި މަސައްކަތްތަކެވެ. އަދި އެކަންކަމާ ގުޅޭ ހުރިހާ އެއްބަސްވުންތަކާއި އެނޫންވެސް އެތަންތަނާ ގުޅޭގޮތުން އުފެދިފައިވާ ހުރިހާ ގާނޫނީ ހައްގުތަކާއި އިލްތިޒާމްތައް ބަދަލުކުރުމުގައި އަމަލުކުރެވޭނެ އުސޫލެއް ވެސް އެ ޗާޓަރުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓުތައް ތަރައްގީކޮށް ވައިގެ ދަތުރުފަތުރު ތަރައްގީ ކުރަމުން އަންނައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއެކު ރާއްޖޭގައި މިހާރު 16 ވަރަކަށް އެއާޕޯޓު އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.