16 Jan 2021 | 22:18
ސްކޫލްތަކުން ކޮވިޑް ކޭސްތައް ފެންނަ ޢަދަދު އިތުރުވަނީ

ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ކިޔެވުން މެދުކެނޑުމަށްފަހު މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގެ ދެވަނަ ޓާމްގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ފަށާފައިވާއިރު، ސްކޫލުތަކުގެ ކިޔެވުން ފަށާފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ވިދާޅުވެފައެވެ،.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސްކޫލުތައ ހުޅުވައިގެން ކިޔަވައިދެމުން ގެންދާއިރު، މަދުން ނަމަވެސް ސްކޫލްތަކުންދަނީ ކޮވިޑް ކޭސްތައް އިތުރުވަމުންނެވެ. ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން މިދިޔަ އާދީއްތަ ދުވަހު ފަށާފައިވާއިރު، ދެވަނަ ޓާމުގެ ފުރަތަމަ ހަފްތާ ނިމިގެން ދިޔައިރު މިހާތަނަށް ކިޔަވައިދޭ ހަ ސްކޫލަކުން ވަނީ ކޮވިޑް ކޭސްތަކެއް ފެނިފައެވެ. ނަމަވެސް އެޗްއީއޯސީ އިން ވަނީ ސްކޫލްތަކަކީ އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަޅާފައިވާ ތަންތަން ކަމުގައި ވިދާޅުވެފައެވެ.

މިމަހުގެ 7 ވަނަ ދުވަހު ގއ.ދެއްވަދޫ ކްލަސްޓާއާއި ގުޅިގެން އެއަތޮޅު ވިލިނގިލީ އަތޮޅު މަދަރުސާގައި ކިޔަވަމުން ގެންދާ ގްރޭޑް10ގެ ދަރިވަރަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެރަށު ސްކޫލުވެސް ވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގައި މަސައްކަތް ކުރަމުންދާ ގްރޭޑް 3 ގެ ޓީޗަރަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވެވެފައެވެ. މިކޭހާއި ގުޅިގެން އެޗްއީއޯސީ އިން ވިދާޅުވީ، ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ޕޮޒިޓިވްވި ޓީޗަރު ދިމާވެފައިވަނީ ސްކޫލުން ބޭރުގައިކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް ކޭސްތައް މިހާރު ހުރި ސްކޫލްތަކުގެ ތެރޭގައި ގއ.ވިލިނގިލީ އަތޮޅު މަދަރުސާ، ދާންދޫ ސްކޫލް، އަމީނިއްޔާ ސްކޫލު، ބިލަބޮންގ ހައި ސްކޫލް ޖަމާލުއްދީން ސްކޫލްގެ އިތުރުން ޣާޒީ ސްކޫލް ހިމެނޭ ކަމަށް އެޗްއޯއީސީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިއަދާއި ހަމައަށް މިހާތަނަށް ޖުމްލަ 5 ސްކޫލަކުން ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން ބިލަބޮންގ ހައި ސްކޫލުގައި ކިޔަވަމުންދާ އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތަރު ދަރިވަރަކާއި، ޣާޒީ ސްކޫލުން ޓީޗަރެއް ޕޮޒިޓިވްވި ކޭހެއް ވަނީ ފެނިފައެވެ. މި ކޭހުގެ 12 ކޮންޓެކްޓުންނަކީވެސް ޓީޗަރުންނެވެ.

ޖަމާލުއްދީން ސްކޫލުންވެސް ގްރޭޑް 9ގެ ދަރިވަރަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ. މި ދަރިވަރުގެ ކޮންޓެކްޓްގެ ގޮތުހައި ހަތަރު ދަރިވަރުން ވަނީ ފާހަގަކުރެވިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ޝީ ޖިންޕިންގް ހަތް އަހަރަށް ފަހު އިންޑިއާއަށް
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ނިއު ދެއްލީއަށް ވަޑައިގެން 18 ވަނަ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ