17 Jan 2021 | 15:14
އެޗްޑީސީގެ ޕާކްވޮލީ މުބާރާތުގައި ވޮލީގެ ވެޓެރަންސް ހިމެނޭ ގަދަ ދެ ޓީމެއް ކުޅެނީ!

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި އިންތިޒާމްކޮށްގެން ބާއްވާ "މައި ހުޅުމާލެ ޕާކްވޮލީ ޗެމްޕިއަންޝިޕް"ގައި ދިވެހި ވޮލީބޯޅައިގެ ދުނިޔޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ ދެ ޓީމެއް ނެރުމަށް ނިންމައިފިއެވެ.

މިމަހުގެ 21 އިން 23 އަށް ހުޅުމާލޭ ޕާކް ބީޗް ވޮލީ ބޯޅަ ކޯޓުގައި އޮންނަ މި މުބާރާތުގައި ވާދަކުރާ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިން ހިމެނޭ ދެ ޓީމްވެސް ވާދަކުރަނީ ސަނީ ސުއިޓްސް މޯލްޑިވްސް ކުންފުނީގެ މެނޭޖްމެންޓްގެ ދަށުންނެވެ. އެއީ ސަނީ ސުއިޓް އިންގެ ނަމުގައި ވާދަކުރާ ޓީމަކާއި ސަނީ ޓްރީޓް ކެފޭގެ ނަމުގައި ވާދަކުރާ ޓީމެކެވެ.

ސަނީ ސުއިޓް އިންގެ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ނިޒާރު އިބްރާހިމް (ބޮޑޭ) ، އިބްރާހިމް ފަލާހް (ފަލާ)، އަހުމަދު ނިޒާމް (ޒޯރޯ) ، އަހުމަދު އަލީ (ކޮނެކާ) އަދި ސަމާއިލްއެވެ. އަދި ސަނީ ޓްރީޓް ކެފޭގެ ޓީމްގައި ހިމެނެނީ އިބްރާހިމް ރަޝީދު (ރޮބަޓް)، އަހުމަދު ޝުޖާއު (ސެންސޯ)، އަޝްފާގު އާދަމް (އައްކަޅޭ) ، އަހުމަދު ޝަރީފް (ކަފަ) އަދި މުހައްމަދު ރަޝީދު (ސަޓޯ)އެވެ. މި ދެޓީމްގެ ކުޅުންތެރިންނަކީވެސް މީގެ ކުރިން ވޮލީ ކޯޓްތަކުގައި ވިދާލާ ރަންވަނަތަކެއް ހާސިލްކޮށްފައިވާ ފަރާތްތަކެކެވެ.

ސަނީ ޓްރީޓް ކެފޭގެ ކޯޗަކީ އަހުމަދު ޝަރީފް (ކަފަ)އެވެ. ސަނީ ސުއިޓްސް އިންގެ ކޯޗަކީ މުހައްމަދު އިބްރާހިމް މަނިކެވެ. އެބޭފުޅާއަކީ ވެމްކޯގެ ޗެއާމަނެވެ.  

ދެ ޓީމްގެ މެނޭޖްމަންޓުންވެސް ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ބާއްވަން ފަށާފައެވެ. .މި ދެޓީމްގެ ތެރެއިން ސަނީ ޓްރީޓް ކެފޭގެ މެއިން ސްޕޮންސަރަކީ ކާލި އިންވެސްޓްމަންޓް އެވެ. ސަނީ ސުއިޓް އިންގެ މެއިން ސްޕޮންސަރަކީ "ވޮއިސް" އެވެ

މިމުބާރާތް ކުރިއަށްދާނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު، ފެޑެރޭޝަން އޮފް އިންޓަރނޭޝަނަލް ވޮލީބޯލް (އެފްއައިވީބީ) ގެ ޕާކްވޮލީ ޤަވާއިދާ އެއްގޮތަށެވެ. މި މުބާރާތުގެ މެޗްތަކުގެ ޚަބަރުތައް ވޮއިސްގެ ފަރާތުން ގެނެސްދޭނެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2026
އިނގިރޭސިން ބަލިކޮށް ސްޕެއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ދެވަނަ ހާފު ފެށުނުތަނާހެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. އެއީ ރޮޑްރީ، ބެލިންހަމްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
27 Sep 2026
ކްރިއޭޓިވް ނެޓްވޯކުގެ ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އޮކްޓޫބަރުގައި ދައްކަން ފަށަނީ
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބަލާލެވޭނެ
27 Sep 2026
ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ހުށަހެޅުން ޓްރަމްޕް ގަބޫލެއް ނުކުރި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
27 Sep 2026
"މުސްތަޤުބަލު ބިނާކުރުމަށް މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއް"
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
27 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ރައީސް އޮފީހުން ބުނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.