އިންޑިއާގެ ކޮވިޝީލްޑް ވެކްސިން އުފެއްދި ކުންފުނީގެ އިސްވެރިޔާވެސް ވެކްސިން ޖަހައިފި

18 Jan 2021 | 08:29

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ތަރައްގީކުރި ކޮވިޝީލްޑް ވެކްސިން، އެކުންފުނީގެ އިސްވެރިޔާވެސް ޖަހައިފިއެވެ.

އެގޮތުން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އާދަރް ޕޫރްނަވާލާ، ކޮވިޝީލްޑް ވެކްސިން ޖައްސަވާފައިވަނީ އިންޑިއާގެ ޕޫނޭގައެވެ. އާދަރް ޕޫރްނަވާލާ ވިދާޅުވިގޮތުގައި އެބޭފުޅާ ވެކްސިން ޖަައްސަވާފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ސަލާމަތާއި ރައްކާތެރިކަން އާންމުންނަށް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުންޏެވެ. ސިރަމް އިންސްޓިޓިއުޓުން ވަނީ ކޮވިޝީލްޑް ވެކްސިންގެ 11 މިލިޔަން ޑޯޒް އިންޑިއާގެ ސަރުކާރަށް ފޯރުކޮށްދީފައެވެ.

ކޮވިޝީލްޑް ވެކްސިނަކީ މަޝްހޫރު އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނަަށް އިންޑިއާއިން ކިޔާ ނަމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގައި ވަނީ ކޮވިޑާއި ދެކޮޅަށް ވެކްސިން ޖެހުމަށް ދުނިޔޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ވަރުގަދަ ކެމްޕެއިން ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށެވެ.

Advertisement

ކޮމެންޓް