އެމެރިކާގެ 46ވަނަ ރައީސްކަމުގެ ހުވާ ޖޯސެފް ރޮބިނެޓް ބައިޑެން ޖޫނިއަރ ކުރައްވައިފިއެވެ.
2020ވަނަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެންއަށް މަގާމުގެ ހުވާލައިދެއްވީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް ޖޯން ގްލޯވަރ ރޮބަޓްސް ޖޫނިއަރއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބައިޑެންއަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެބޭފުޅާގެ ނައިބު ރައީސްކަން އަދާކުރެއްވި ފަރާތެވެ.
-ތަފްސީލް އަންނަނީ-