ނޫސްވެރިކަމުގެ އިނާމު ދިނުން އަންނަ މެއި މަހު

21 Jan 2021 | 11:29

2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޙަފްލާ އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެގޮތަށް ނިންމާފައި ވަނީ ކައުންސިލްގެ 2021 ވަނަ އަހަރުގެ 3 ވަނަ ޖަލްސާގަ އެވެ. 

ކޮންމެ އަހަރެއްގެ މެއި މަހުގެ ތިން ވަނަ ދުވަހަކީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަށް ވާއިރު، 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް މިޙަފްލާ ބާއްވާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ޙަފްލާ ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަހު އާންމުކޮށް އެ ހަފްލާ ބާއްވަމުން އައި ނަމަވެސް މިދިޔަ އަހަރު، 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އެ ހަފްލާ ބޭއްވިއިރު 11 ދާއިރާއަކުން 10 ނޫސްވެރިއަކަށް އިނާމް ލިބިފައިވެ އެވެ. 

Advertisement

ކޮމެންޓް

Advertisement