ސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހްޤީގުކުރަނީ

21 Jan 2021 | 16:40

ސްކޫލް ދަރިވަރަކަށް، އެ ސްކޫލްގެ ޓީޗަރަކު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަޙުޤީގު ކުރަން ފަށައިފި އެވެ.

"ވޮއިސް" އަށް މަޢުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، އަޕަރ ސައުތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހެނދުނު 10:06 ގައި އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން، ކުއްޖާގެ ނުވަތަ މައްސަލަ ހުށަހެޅި އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވި ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް