21 Jan 2021 | 19:24
އަދީބާއި، ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭނެ، ހެކިބަސް ޤަބޫލެއްނުކުރެވޭނެ: ފަނޑިޔާރު ޝަހީދު

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭނެ ކަމަށާއި އެހެން ކަމުން އެ ދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށާއި، ރައީސް ޔާމީނާއި ދެކޮޅަށް އެ ދެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ރައީސް ޔާމީންގެ އިސްތިޢުނާފު މައްސަލައިގެ ޙުކުމް އިއްވާ މަޖިލީހުގައި ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ.ވޮޑަމުއްލާ ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިޔަން ރުފިޔާ ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް މެދުވެރިކޮށް ޖަމާވިކަން ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް ދަށުކޯޓުން އިއްވި ޖަލުހުކުމް ހައިކޯޓުގައި އިސްތިއުނާފްކުރުމުން، އެ މައްސަލައިގައި އަމިއްލަފުޅު ރައުޔު އިއްވަވަމުންނެވެ.

ޝަހީދު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައެވެ. އެހެންކަމުން އޭނާގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެއް ދޭ ހެކިބަހެއް ކަމުގައިވާތީ ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކި ބަސް ބޭނުންނުކުރެވޭނެކަމަށްވެސް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އަޙްމަދު އަދީބާއި ޒިޔަތުގެ ހެކިބަހަށް ކްރިމިނަލް ކޯޓުން ހެކިބަސް ދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފަށް ކަމަށް ފަނޑިޔާރު ޙުސައިން ޝަހީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ޙުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އެކަށީގެންވާ އިތުރު ހެއްކެއް މި މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށްވެސް ޝަހީދު ފާހަގަކުރެއްވިއެވެ.

ފޮޓޯ:ސަން

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ