ދިވެހިރާއްޖެއިން ކޮވިޑް-19 ބަލީގައި 50ވަނަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިއަދު ހެނދުނު 9:50ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. މި މީހާގެ އުމުރަކީ 79 އަހަރެވެ.