Advertisement

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ތުޙުމަތުކުރެވޭ ޢާޒިމްގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު

23 Jan 2021 | 13:41

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިން އަދި ރިޝްވަތު ހިފުމުގެ ދަޢުވާ އުފުލާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ އިންވެސްޓިގޭޓް އޮފިސަރ އަބްދުﷲ ޢާޒިމްގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މި ސަރުކާރުގައި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު، ޢާޒިމް އިސްތިއުފާ ދިނީީ އޭނާގެ މައްޗަށް ދައުލަތުން ޚިޔާނާތުގެ ދަޢުވާ އުފުލުމާއި ގުޅިގެންނެވެ.

ޕީޖީ އޮފީހުން މި މައްސަލައިގައި ދައުވާ ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށައަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ދަޢުލަތުން ވަނީ އޭނާގެ މައްޗަށް މަނީ ލޯންޑަރިންގގެ ދެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދެ ދައުވާއެއް އުފުލާފައެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެބޭފުޅާ ހުންނެވި ދުވަސްވަރު، އޭރު ބަލަމުންދިޔަ ބައެއް މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާ ގޮތް ޙިއްސާކުރުމަށާއި، ތަޙުޤީގަށް ނުފޫޒު ފޯރުވުމަށްޓަކައި ޒިޔަތާއި އަދީބު ދިން ރިޝްވަތުގައި ހިފާފައިވާ ކަމަށެވެ. އެގޮތުން އެސްއޯއެފް ކުންފުނީގެ 100،000 ޑޮލަރުގެ ޗެކެއް އޭނާއަށް ލިބިފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް