01 Feb 2021 | 08:46
އެލްއެފް ފުޓްސަލް ކަޕް ފެށުން މިމަހުގެ 6ވަނަ ދުވަހަށް ފަސްކޮށްފި

ހުޅުމާލޭގެ ޖަމްއިއްޔާއަކުން އިންތިޒާމްކޮށްގެން މިހާތަނަށް ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތްކަމަށްވާ އެލްއެފް ފުޓްސަލް ކަޕް 2021 ފެށުން ފަސްކޮށްފިއެވެ.

މިއަދު ފެށުމަށް އޮތް މި މުބާރާތް ފެށުން ފަސްކޮށްފައިވަނީ މިއަދަކީ ކޮވިޑް ވެކްސިން ދޭން ފަށާ ދުވަސްކަމުގައި ވާތީކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން "ވޮއިސް"އަށް ވަނީ މައުލޫމާތުދެއްވާފައެވެ. މި މުބާރާތުގެ ކުޅުން ފެށުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 6ވަނަ ދުވަހުގައެވެ.

"ވޮއިސް"އަށް މައުލޫމާތުދެއްވަމުން މި މުބާރާތުގެ ހިންގާ ކޮމެޓީގެ އިސްވެރިޔާ ހަސަން ޝަހީދު ވިދާޅުވީ ޖުމްލަ 32 ޓީމް ބައިވެރިވާ މި މުބާރާތް އޮންނާނީ އެކި ސްޓޭޖްތަކަށް ކަމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖް، ގަދަ 16، ކުއާޓަރ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް އޮންނާނެކަމަށް ޝަހީދު ވިދާޅުވިއެވެ. ސެމީ ފައިނަލް ހިސާބަށް މެޗްތައް އިންތިޒާމްކުރެވޭނީ ގުރުއަތުލައިގެންނެވެ.

މިއީ ހުޅުމާލޭގެ ޖަމްއިއްޔާއަކުން އިންތިޒާމްކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު މުބާރާތްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެލްއެފް ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާވެސް ދޭން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ "ވޮއިސް" އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.
16 Sep 2026
ކޮމިޔުނިސްޓް ޕާޓީއާ ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ކޮމިޔުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އާއި ޕޮލިސީއެމްވީ ގުޅިގެން ދިރާސާކުރުމުގެ ޕްރޮގްރާމެއް މިއަދު އިފްތިތާހު ކޮށްފި އެވެ.
16 Sep 2026
ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީއާ މަޝްވަރާ ކޮށްފި
މި މަޝްވަރާ ކުރުންތައް އޮތީ ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.
16 Sep 2026
އީއެން ހޭންޑްބޯލް ޓީމު ބަލިކޮށް، އެންޖީ ސްޓާޓިންނަށް މުހިންމު މޮޅެއް
މި މެޗު އެންޖީ ސްޓާޓިން އިން ކާމިޔާބުކުރީ 3-9 ގެ ނަތީޖާއަކުން