02 Feb 2021 | 18:00
ރޭގަނޑު 11ގެ ފަހުން މަގުމައްޗަށް ނިކުތުން މަނާކޮށްފި

ކޮވިޑް-19 ގެ ތިންވަނަ ރާޅާއެކު ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމުގެ ގޮތުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

އެގޮތުން މިހާރު މާލެ ސަރަހައްދުގައި ޢިއުލާންކޮށްފައިވާ ކާފިއު ރޭގަނޑު 11 އިން 4:30އަށް ދެހަފްތާގެ މުއްދަތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކުރިގޮތުގައި މާދަމާ ރެއިންފެށިގެން ދެހަފްތާގެ މުއްދަތަކަށް ރޭގަނޑު 8:30 އިން 4:30އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް މަނާވާނެކަމަށެވެ.

ކޮވިޑް އާއި ގުޅިގެން ހަރުކަށިކުރި ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތައް ބަންދުކުރުން ހިމެނިފައިނުވިނަމަވެސް ޕްރީ ސްކޫލްއާއި ނާސަރީ އަދި ޑޭކެއާ ހިދުމަތްދޭތަންތަން ބަންދުކުރުން ހިމެނެއެވެ.

އެޗް.ޕީ.އޭގެ އެންމެ ފަހުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 215 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 159 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 8 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 27 މީހެއްގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި އެކަކު ހިމެނެއެވެ.

މިއީ މިދިޔައަހަރުގެ އޮގަސްޓު މަހުގެ ފަހުން އެންމެ ބޮޑަށް އަދަދުތައް އިތުރުވި ފަހަރެެވެ. ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެނިފައިވަނީ 20 އޮގަސްޓް 2020 ވަނަ ދުވަހު 278 ޕޮޒިޓިވް ކޭސްއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jul 2026
ޕެރޯލަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފަވާ އިރު މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ވަނީ ދޫކޮށްފަ އެވެ.
13 Jul 2026
ކުޅުދުއްފުއްޓަށް ކަރަންޓްދޭން، ފެނަކައިން ކައުންސިލާއެކު އެއްބަސްވުމެއް ހަދާކަށް ނުޖެހޭނެ
ދެފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޔާއަތް ކުރައްވައި ފަނޑިޔާރުން ވަނީ ފެނަކައިން ހިދުމަތް ދެމުންގެންދަނީ ދިވެހި ސަރުކާރުން އެ ހިދުމަތް ދިނުން އެފަރާތައް ލާޒިމްކޮށްގެން ކަމަށްވާތީ، މައްސަލާގައި އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަން ފާހަގަކުރައްވާފައެވެ.
13 Jul 2026
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭތީ މަރަދޫ ބޯޅަދަނޑުގެ ބަންދުކުރަން ކޯޓުން އަމުރެއް
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
13 Jul 2026
އިސްރާއީލާ ދެކޮޅު ހެދުން ކުށަކަށް
ޖަރުމަނުގެ ބުންޑެސްރާޓުން ފާސްކުރި ބިލެއްގެ ދަށުން އިސްތިއުމާރީ އިސްރާއީލުގެ ވުޖޫދު ދެކޮޅު ހަދާ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އަންނަ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަނީ.
13 Jul 2026
އެފް.އެސް.އެމްގެ ބާޖުތަކުގައި ތެޔޮ ބަލާ ޒަމާނީ ސިސްޓަމެއް ހަރުކުރަން ފަށައިފި
އެފް.އެސް.އެމުން ބުނީ މިއީ އެ ކުންފުނީގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ. މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ހުނިކެ ބާޖުގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކަމަށް އެފް.އެސް.އެމުން ބުނެފައިވެއެވެ.
13 Jul 2026
ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް
އެގޮތުން ރައީސް އޮފީހުން ބުނީ، މާދަމާ މެންދުރު 12:00އިން ފެށިގެން އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
13 Jul 2026
ޕީއެންސީ އިންތިޚާބުގެ ހަމަނުޖެހުން: އިތުރު ޒުވާނަކު ހައްޔަރު
މި މަސައްލައާ ގުޅިގެން މިހާތަނަށް ޖުމުލަ 3 މީހުން ހައްޔަރުކޮށްފައިވެއެވެ.
13 Jul 2026
ރަސްމީދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދޭގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި ޝާހީ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.