ޖަރުމަނު އަދި އިސްރާއީލު ގެ ދިދަ -
ދުނިޔެ
13 Jul 2026 | 14:01
ޖަރުމަނުން އިސްރާއީލާ ދެކޮޅު ހެދުން ޖިނާއީ ކުށަކަށް ހަދާ ބިލެއް ފާސްކުރަނީ

ޖަރުމަނުގެ ފެޑެރަލް ކައުންސިލް (ބުންޑެސްރާޓް) އިން އިސްތިއުމާރީ އިސްރާއީލުގެ ވުޖޫދު ދެކޮޅު ހަދާ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އަންނަ ގޮތަށް ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބުންޑެސްރާޓުން ފާސްކުރި މި ބިލަށް މަތިގޭގެ ތާއީދު ލިބުމާ ގުޅިގެން ދަށު ގޭ (ބުންޑެސްޓާގް) އަށް މި ބިލު ފޮނުވައިފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފާސްކުރުމުގެ މަރުހަލާތައް ފުރިހަމަކުރުމަށެވެ.

ހުށަހަޅާފައިވާ ބިލުގެ ދަށުން ޢާންމުކޮށް ނުވަތަ ބައްދަލުވުމެއްގައި އިސްތިއުމާރީ އިސްރާއީލުގެ ވުޖޫދާ ދެކޮޅު ހަދާ ނުވަތަ އެ އިސްރާއިލް ނައްތާލުމަށް ފާޅުގައި ގޮވާލާ ކޮންމެ މީހަކަށް ސީރިއަސް ޖިނާއީ ދައުވާ ކުރެވޭނެއެވެ.

މި ކުށުގެ ދަށުން ކުށްވެރިވާ ފަރާތްތަކަށް ގިނަވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބުނެފައިވެއެވެ.

ޓެކްނިކަލް ގޮތުން ބަލާނަމަ ޖަރުމަނުން މި ބަދަލު ގެންނަނީ އެ ޤައުމުގެ ފެޑެރަލް ޕީނަލް ކޯޑް (އެސްޓީޖީބީ) ގެ ސެކްޝަން 130 ފުޅާކުރުމުގެ ތެރެއިންނެވެ. ތާރީޚީ ގޮތުން ބަލާނަމަ މި ސެކްޝަން މައިގަނޑު ގޮތެއްގައި ބައްލަވަމުން ދިޔައީ "ހޮލޮކޯސްޓް ދެކޮޅު ހެދުމަށެ"ވެ. ނަމަވެސް މި އިސްލާހުން "އިސްރާއީލުގެ ވުޖޫދާ ދެކޮޅު ހެދުން" ވެސް ހިމަނާ ގޮތަށް ސެކްޝަންގެ ދާއިރާ ފުޅާކުރެއެވެ.

ބުންޑެސްރާޓުން ބުނީ ޤައުމުގެ ބަދަލުވަމުންދާ ހަޤީގަތްތަކާ ކުރިމަތިލުމަށް މިހާރު ހުރި ޖިނާއީ ޤާނޫނުތައް ފުދޭ ވަރަށްވުރެ ބާރު ދަށް ކަމަށެވެ. ޤާނޫނު ހަދާ މީހުން ފާހަގަކުރި ގޮތުގައި ޖަރުމަނުގައި ޔަހޫދީންނާ ދެކޮޅު ހާދިސާތައް ބޮޑުތަނުން އިތުރުވެ 2020 ވަނަ އަހަރު ރެކޯޑުކުރެވުނު 1,957 ހާދިސާ 2024 ވަނަ އަހަރު 8,627 ހާދިސާއަށް އަރައިފައިވެއެވެ.

އޭގެ އިތުރުން ޤައުމުގެ ތެރޭގައި ހިނގާ ސުލްހަވެރި ހަނގުރާމައާ ދެކޮޅު މުޒާހަރާތަކުގެ ބައެއް ބަސްމަގު އިސްތިއުމާރީ އިސްރާއީލުގެ ޝަރުޢިއްޔަތާ ސުވާލު އުފައްދާ ދަރަޖައަށް ތަކުރާރުކޮށް ގޮސްފައިވާ ކަމަށް މަތިގޭ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ