20 Feb 2021 | 17:49
އާރާ 7

ހުސްނާ އާއި ވަހީދު ބަލަބަލައި ހުއްޓައި ވަހީދު ވަޅުލި ފުޅި ވެލިގަނޑުގެ ތެރެއިން ނުކުމެ މައްޗަށް އެރިއެވެ. އަދި ފެލިކުލައިގެ އަލިކޮޅަކާއެކު އެ ފުޅި ތަޅައިގެން ދިޔައެވެ. ވަހީދު އާއި ހުސްނާއަށް ލިބުނު ސިހުމާއެކު ހުރި ތަނަށް ތިރިވެވުނެވެ. އެވަގުތު ފެހި ވިދުވަރާއެކު ކަޅު ދޫންޏެއް އައިސް ގޭގެ މަތީ ވަށާ އެނބުރެން ފެށިއެވެ. އާރާ އާއި އޭނާގެ މައިންބަފައިންނައްވެސް ބޭއިޚުތިޔާރުގައި އެ ދޫންޏަށް ބަލަން ތިބެވުނީ އެވެ.

ތިން މީހުން ވެސް ތިބީ ބިރުން ގުޑިލަން ނޭނގުނުތާންގައި ހަދާނެގޮތް ވެސް ހުސްވެފައެވެ. ގޭގެ މަތީގައި ތިން ބުރު ޖެހުމަށް އެ ދޫނި އުދުހިގަތީ އާރާ އާއި ދިމާއަށެވެ. އާރާއަށް ފަހަތަށް ޖެހެވުނެވެ. ދޫނި އައިސް އާރާގެ ކުރިމައްޗައް ތިރި ކޮށްލުމުން އޭތީގެސިފަ ބަދަލުކޮށްލިއެވެ. އާރާ އަށް އެ މީހާއާއި ދިމާލަށް ފުންކޮށް ބަލާލެވުނެވެ. އިސްކޮޅުންދިގު ރީތި ސޫރައެކެވެ. މޫނުމަތިން އިންސާނަކާ ތަފާތެއްނެތެވެ. ލޮލުގެ ކަޅި ހުރީގަދަ ރަތްކުލައިގައެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ހުރީ ކޮނޑާއި ހަމައަށް ދިގުކޮށެވެ. ލައިގެން ހުރީ ކަޅުކުލައިގެ ފޭރާމެކެވެ. އެ ސޫރައިގެ ފަހަތުގައި ފެހިކުލައިގެ ވިދުވަރެއްހުރި ބޮޑުކަޅު ދެ ފިޔަގަނޑު ހުއްޓެވެ. ފިޔަގަނޑު ހުޅުވާލައިފައި ހުރިއިރު ގޭގެ ގޯތީގެ ބޮޑުބައެއް ފުރިފައިވަނީ އެ ފިޔަގަނޑުންނެވެ. އާރާއަށް ސިފަވީ އޭނާއަށް ފެންނަމުން އައި ދޫންޏެވެ.

ބިރުގަނެފައި ވީނަމަވެސް އާރާއަށް އެ މީހާގެ ދެލޮލުން ފެންނަމުން ދަނީ ހިތާމައެވެ. އާރާއަށް ވިސްނާކަށް ފުރުސަތެއް ނުލިބުނެވެ. އެ މީހާއައިސް އާރާ ނަގާ އަތްދަނޑިމައްޗައް ލައިގެން އުދުއްސައިގަތެވެ. އާރާ ބިރުން ހަޅޭއްލަވަމުން އެ މީހާ ގައިގައި ބާރަށް ބައްދާލިއެވެ. ވެއްޓިދާނެތީއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ބާރު ދުވެލީގައި ގޮސް އެ މީހަކު ތިރިކޮށްލީ ފަޅުރަށެއްގެ ގޮނޑުދޮށަށެވެ.

އާރާ އަދިވެސް އޮތީ ލޯމަރައިގެން އެމީހާގެ ގައިގައި ބާރަށް ބައްދާލައިގެން ނެވެ. އޭނާ އިރުކޮޅަކު އާރާގެ މޫނަށް ބަލަންހުރެފައި އޭނާގެ އަތުން އާރާގެ މޫނުގައި ފިރުމާލިއެވެ. މަޑު ފިނި އަތުގެ ބީހުމާއެކު އާރާ ލޯ ހުޅުވާ ބަލާލިއެވެ. ފުރަތަމަވެސް އާރާގެ ލޮލުގައި އަޅައިގަތީ ކަރުނައިން ފުރިގެންވާ އެ ދެލޮލެވެ. އާރާ އަށް ބޭއިޚުތިޔާރުގައި އެ ލޮލުގެ ކަރުނަތަށް ފޮހެލެވުނެވެ. އެ މީހާގެ ކިބައިން އާރާ ބިރު ގަންނަވަރުގެ އެއްވެސް ސިފައެއް ނެތެވެ. ހިނގާދިޔަ ކަންކަމުގެ ސަބަބުން އާރާ މިހާރު ބޭނުންވަނީ ޙަޤީޤަތް ހޯދާށެވެ.

14 ވިލޭރޭގެ ހަނދުގެ އަލިން ރަށުގެ ގޮނޑުދޮށުގެ ވެލިގަނޑު ވަނީ ރަންކުލައިން ދިއްލިފައެވެ. އާރާ މަޑުމަޑުން އެ މީހާގެ އަތްދަނޑިމަތިން ވެލިގަނޑު މައްޗައް ފޭބިއެވެ. ވެލިގަނޑުމައްޗައް ފޭބުމާއެކު އާރާ އަށް ތަފާތު އިހުސާސެއްކުރެވުނެވެ. ހީވި ކަހަލަ އެއީ އާރާއަށް އާތަނެއްނޫނެވެ. އާރާ ވަށައިގެން އެނބުރެ ބަލަންފެށިއެވެ. "އަހަރެން މިތަނަށް އައިތަ އެއްއިރަކުވެސް؟". އާރާ ވިސްނަން ހުރެފައި އެ މީހާއާއި ސުވާލު ކުރިއެވެ. އެމީހާ ކަޅިޖަހާނުލާ އާރާއަށް ބަލަންހުރެފައި، އަރާކުރި ސުވާލުން ކުޑަކޮށް ސިހުނެވެ.

އާރާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އެ މީހާ ކުރީ ސުވާލެކެވެ. "މިހާރު އަހަރެން ދެކެ ބިރެއްނުގަނޭތަ؟" އާރާ އެ މީހާ ދިމާއަށް ބަލާލިއެވެ. "ހޫމްމްމް… ތީ އެހާބިރުވެރި ސިފައެއް ނޫން. އެކަމަކު އަހަންނަކަށް މި ވާނުވާއެއް ނޭނގޭ." އާރާ މަޑުމައިތިރި ކަމާއެކު ޖަވާބުދިނެވެ. އެ މީހާގެ މޫނުމަތިން އާރާއަށް ފުރަތަމަ ފަހަރަށް ހިނިތުންވުމުގެ އަސަރުފެނުނެވެ. އާރާއަށް ނެނގޭކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ. ހަމައެއާއެކު ހިތުގައި ސުވާލު އުފެދުނެވެ. "އޭނާ ހިނިތުންވުމުން އަހަރެންގެ ހިތްހަމަ ޖެހެންވީ ކީއްވެ؟"

"އަހަރެންނަށް ކިޔަނީ އިފްރާން… އާރާތީ އަހަރެންގެ ލޯބި...ވެ…" އިފްރާންއަށް ބުނެވުނީ އެހާހިސާބަށެވެ. ނޭވާލާން އުނދަގޫ ވެގެން މޭގައި އަތްއަޅައިގެން ހުރެ ކަކޫމައްޗައް އޭނާ ތިރިވިއެވެ. އާރާ ހައިރާންވިއެވެ. އާރާ ހުރީ ތަންކޮޅެއް ދުރުގައި ކަމުން ބާރަށް އައިސް އިފްރާންގެ ކައިރީ އޭނާ ހުއްޓުނެވެ. "ކިހިނެއްތި ވަނީ؟" އާރާ ހާސްވެފައި ސުވާލުކުރިއެވެ. ވަރަށް އުނދަގުލުން އިފްރާން ޖަވާބުދިނެވެ. "އެމީހުން… ފަންޑިތަހަދަނީ…"

އިފްރާންގެ އެ ޖަވާބުން އާރާ ކުއްލިއަކަށް މަންމަ އާއި ބައްޕަ މަތިން ހަނދާންވިއެވެ. އިފްރާން ކުޑަކޮށް ހަމައަކަށް އެޅުމުން ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ. "އަހަރެން.. އަދިވެސް އެއްކޮށް ގަދައެއްނުވޭ. އެމީހުން ދައްކާ ވާހަކަ އާރާ ގަބޫލު ނުކުރާތި. އެ މީހުން އެ ހަދަނީ ހުސްދޮގު. މިރޭ އަހަރެން އާރާ އަދި އެމީހުން ކައިރިއަށް ގެންދާނަން. އަހަރެންނަށް އެ މީހުންނާއި ކުރިމަތިލެވޭހާ ބާރު ލިބުމުން އެނބުރި އަންނާނަން. އާރާ އަހަންނަށް އިންތިޒާރު ކުރާތި."

"އަހަރެންނާއި އިފްރާންއާއި އޮތީ ކޮންގުޅުމެއް؟ އަހަރެން އަދި އަލަށް އިފްރާންއާއި މި ބައްދަލުވީ. އެކަމަކު އިފްރާންގެ ވާހަކައިން ހީވަނީ އަހަރެން އިފްރާން ދަންނަހެން. އިފްރާން ދޮގުހަދާހެނެއް ހީއެއްނުވޭ. އެކަމަކު މަންމަމެންގެ ވާހަކަ ގަބޫލުނުކުރަން ތިބުނަނީ ކީއްވެ؟" އާރާ ބޮލުގައި އަތްއަޅައި ބާރުކޮށްލަމުން ސުވާލުފަތި އަމުނާލިއެވެ. އިފްރާން އާރާ ކައިރިކޮށްލިއެވެ. ބޮލުން އަތް ދުރުކޮށްލުވިއެވެ. އަދި ވަރަށް ލޯބިން އާރާއާއި ވާހަކަދައްކަން ފެށިއެވެ. "އެއްފަހަރާ ހުރިހާކަމެއް ވިސްނަން މަސައްކަތް ނުކުރޭ. ހުރިހާ ވާހަކައެއް ކިޔާދޭން ބޭނުން. އެކަމަކު ވަގުތެއް ނެތް. އާރާ މިހާރު އެމީހުން ކައިރިއަށް ނުގެންގޮސްފިއްޔާ އެމީހުން އަހަރެންގެ ދުވަސް ދުއްވާލާނެ. އަހަރެންނަށް އަދި އެމީހުންގެ އެ ބާރުގަދަ ފަންޑިތައާއި ކުރިމަތިލެވޭކަށް ނެތް. މާފުކުރޭ އަހަންނަށް އާރާ."

އާރާ ގޮވައިގެން އިފްރާން އުދުއްސައިގަތެވެ. އިސާހިތަކު އާރާގެ ގޭގެ ބެލްކަންޏަށް އޭނާ އާރާ ބޭލުވިއެވެ. "އަހަރެން އަންނާނަން އާރާ ބަލާ…" މިހެން ބުނުމާއެކު އޭނާ އުދުހިގޮސް އާރާގެ ލޮލަށް ނުފެންނަވަރަށް އޮބާލައިފިއެވެ. އާރާ ހުރެވުނީ ބަލާށެވެ. އެ ހިތް އިފްރާންއާއި ވަކިވާން ނޭދޭ ކަހަލައެވެ. އާރާގެ ބޮލަށް ކުއްލިއަކަށް ތޫނު ތަދެއްވިއެވެ. ބޮލުގައި ހިފާ އޭނާއަށް ތިރިވެވުނެވެ.

(ނުނިމޭ)

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ