05 Feb 2021 | 18:47
އެއްލަވާލެއްވި ރަން އަނގޮޓި

ޢަބްދުﷲ ބުން ޢައްބާސް رضي الله عنها ގެ އަރިހުން އިމާމް މުސްލިމު ރިވާކުރައްވާފައިވެއެވެ. އެއްދުވަހަކު ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު އިންނެވިއެވެ. އެތަނުން ބޭކަލެއްގެ އަތްޕުޅުގައި ރަން އަނގޮޓިއެއް އަޅުއްވާފައިވަނިކޮށް އިތުރު އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. 

އެހިނދު މާތްނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އެ ޞަޙާބީގެ އަތްޕުޅުން އެއަނގޮޓި ނަންގަވާ އެއްލަވާލެއްވިއެވެ. ދެން ލޯތްބާއިއެކު ނަޞޭޙަތްތެރިވެ ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެތެރެއިން އެކަކުވެސް ޤަޞްދުގައި އެމީހެއްގެ އަތުގައި ނަރަކައިގެ އަނގުރު އަލިފާންގަނޑެއް އަޅާނަންތޯއެވެ؟" 

ދެން ހިނދުކޮޅެއްގެ ފަހުން ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އެ ދުވަހުގެ އެ މަޖިލީސް ނިންމަވާލައްވާ އެތަނުން އެކަލޭގެފާނު ވަޑައިގެންނެވިފަހުން އެތަނުގައި ދެންތިއްބެވި ޞަޙާބީން ކުރިން އެ އަނގޮޓި އަޅުއްވައިގެން އުޅުއްވި ސަހާބީއަށް އިޝާރާތްކުރައްވާ ދެންނެވިއެވެ. "އެ އަނގޮޓި ނަންގަވާ އެއިން މަންފާހުރި އެހެންކަމެއް ކުރައްވާށެވެ" އެބަހީ: އެއަނގޮޓި ވިއްކާވާލެއްވުން ނުވަތަ އަނބިކަމަނާ ނުވަތަ އެހެން ގާތްތިމާގެ އަންހެން ކަނބަލަކަށް ދެއްވުން ކަހަލަ ކަމެއް ކުރައްވާށެވެ. 

އެހިނދު އެ ޞަޙާބީ ވިދާޅުވި ބަސްފުޅު އަޑު އައްސަވާށެވެ. "ﷲ ގަންދީ ބުނަމެވެ. ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އެއްލަވާލެއްވި އެއްޗެއް ތިމަން ނުނަގާހުށީމެވެ". ޒީނަތްތެރިވުމަށް ފިރިހެނުން ރަންއަނގޮޓި އެޅުމަކީ ޙަރާމްކަމެކެވެ. އެހެންވެ ކައުއިތުރު ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އެ މުންކަރާތް ފެނިވަޑައިގެންނެވުމުން އަތްޕުޅުން މަނާކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިވުމުން އެކަން މަނާކުރެއްވިއެވެ. އެކަލޭގެފާނަކީ އޭރު މަދީނާގެ ވެރިޔާއެވެ. އަދި އެ ޞަޙާބީ އެކަންކުރެއްވީ އެކަމުގެ ޙުކުމް ދެނެވަޑައިނުގެންކަން އެނގިވަޑައިގެން ރީތިކޮށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. ނޭނގި ފާފައެއް ކުރެވުމަށްފަހު އެކަމުގެ ޙުކުމް އެނގުމާއެކު އެ ޞަހާބީ އެކަމުން ދުރުހެލިވެ ވަޑައިގެންނެވުމަށް އެ ދެއްކެވި ނަމޫނާއާމެދު ހައިރާން ނުވޭތޯއެވެ؟ އެ އަނގޮޓި ނަންގަވައިގެން ހުއްދަ ބޭނުމެއް ކުރެއްވެން އޮއްވާވެސް އެ ކުރެއްވުނު ކުށާމެދު ތައުބާވެ އެކަމުން ދުރުހެލިވެ ވަޑައިގެންނެވުމުގެ ގޮތުން އެ ވިދާޅުވަނީ ދެން ތިމަން އެ އަނގޮޓިއެއް ނުނަގާނަމޭ އެވެ. އެއީ ނަބިއްޔާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ އެކަމާ ރުހިވަޑައިނުގެން އެއްލަވާލެއްވި އެއްޗަކަށްވީމައެވެ. ކިޔަމަންތެރިކަމުގެ ކޮންފަދަ ރީތި ނަމޫނާއެއްތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށ
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.