08 Feb 2021 | 20:02
ޗައިނާގެ މީހުންނަކީ "ލޯ ކުޑަ" ބައެއްކަމަށް ބުނެ ޝިޔާން ފުރައްސާރަކޮށްފި

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން، ޗައިނާގެ މީހުންނަށް ނަސްލީގޮތުން އިހުތިރާމްކުޑަވާ ފަދަ ގޮތަކަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވާހަކަދައްކަވައިފިއެވެ.

އެބޭފުޅާ މިފަދަ މޭރުމަކުން ވާހަކަދެއްކެވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުނު މާލޭގައި އިޖްތިމާއީ މަރުކަޒުތައް ގާއިމްކުރުމަށް ގޮވާލާ ގަރާރުގެ ބަހުސް މަރުހަލާގެ ތެރެއިން ވާހަކަ ދައްކަވަމުންނެވެ.

މި ބަހުސްގެ ތެރެއިން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ މި ސަރުކާރުން ހަދާފައިވާ ލޮނުޒިޔާރަތް ޕާކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެތަނުގައި ހައްދާފައިވާ ވިނަގަނޑު މައްޗަށް އަރާލަން ތުއްތު ކުދިންނަށް ފުރުސަތު ނުދޭކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މިކަމަށް ރައްދުދެއްވައި ނިޒާމީ މައްސަލައެއް ނަންގަވައި ތޮއްޑޫ ދާއިރާގެ މެންބަރު ޝިޔާން ވަނީ ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ސައީދު ވާހަކަ ދައްކަވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ޝިޔާންގެ ދެ ދަރިން ގޮވައިގެން އެޕާކަށް ވަޑައިގެންނެވިއިރު، އެ ކުދިންނަށް ވިނަގަނޑު މައްޗަށް އެރުނުކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީކުރި ރަސްރަނި ބަގީޗާގައި ބެހެއްޓީ ޗައިނާގެ ފޭކު ގަސްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"އެތާނގަ ބެހެއްޓީ ޗައިނާގެ ފޭކު ޕްލާސްޓިކް ގަސް. ކޮން ކަމެއް އޮޅުވާލަން މިއުޅެނީ؟ ޗައިނާގެ ކުދިކުދި ލޯ ހުންނަ މީހުންނަށް ދައްކާ ކަހަލަ އެއްޗެހި އައިސް މިތާނގަ އަޅުގަނޑުމެންގެ ދަރިންނަށް ދައްކަން އުޅޭނެކަމެއް ނެތް"، ޝިޔާން ވިދާޅުވިއެވެ.

އެބޭފުޅާ މިހެން ވިދާޅުވުމާއި އެކު އެވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ އެކަން ހުއްޓުވައި ކުށްވެރިކުރައްވާފައެވެ. އަދި އެއްވެސް ގައުމެއްގެ ބައެއްގެ ނުވަތަ ނަސްލެއްގެ ސިފައާ ބެހިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.