10 Feb 2021 | 11:41
އެޗްޕީއޭގެ އުސޫލުތައް ފޮލޯ ނުކުރޭ، އެތައް ކުޅުންތެރިންނެއް ނުރައްކަލުގައި

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކަށް ފުޓްބޯޅަ ކްލަބުތަކުން އަމަލު ނުކުރާކަމަށާއި އެކަމާ ގުޅިގެން އެތައް ކުޅުންތެރިންނެއް ނުރައްކަލަށް ވެއްޓިފައިވާކަން އެނގިއްޖެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެޗްޕީއޭއާ އެފްއޭއެމާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފެށުނީ މި ދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އިތުބާރު ހުރި މަސްދަރަކުތަކުން އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެގެން އެއްވަނަ ޑިވިޝަނުގެ ތިން ކުޅުންތެރިއަކު މިހާރުވެސް ކަރަންޓީނު ފެސިލިޓީތަކުގައި އެބަތިއްބެއެވެ. އެހެންނަމަވެސް މިކަން އެފްއޭއެމުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ނޫހަށް ލިބިފައިވާ ކަށަވަރު މައުލޫމާތުން އެނގޭ ގޮތުގައި ޕޮޒިޓިވްވެގެން ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސްފައިވާ ބައެއް ކުޅުންތެރިންނަކީ ޔޫތު އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅޭ ކުޅުންތެރިންނެވެ. މަސްލަހަތަށްޓަކައި ނަން ސިއްރުކުރާ ގޮތަށް ވާހަކަ ދެއްކި، ކަމުގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އޮތީ ހަމައެކަނި ކަރުދާހުގައެވެ.

މިހާރުވެސް ފެސިލިޓީތަކުގައި އެބަތިބި ކުޅުންތެރިން ޕޮޒިޓިވްވެގެން. މީގެ ތެރެއިން ބައެއް ކުޅުންތެރިންނަކީ ބްލޮކުގައި އުޅޭ ކުޅުންތެރިން. އެތަނުގައި އެއް ކޮޓަރީގައި އެއް ފާހާނާ ބޭނުންކުރާ ހައެއްކަ ކުޅުންތެރިން އެބަތިބި. ހުން އައީމާ ކްލަބުން މި ބުނަނީ އިހައް ޕްރެކްޓިހަށް ނާންނާށޭ، އެކަމަކު އެއްކޮށް ކޮޓަރީގައި އުޅޭ އެހެން ކުޅުންތެރިން އެބައާދޭ ޕްރެކްޓިހަށް. އެންމެން އެންމެނާ މަސްހުނިވޭ. ރޯގާ ޖެހިފައި ތިބިވެސް އެބައާދޭ. މީގެ ތެރެއިން ގިނަ ކުޅުންތެރިން ޓެސްޓް ކުރާކަށް ބޭނުމެއް ނުވޭ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ކްލަބެއްގައި ހައިޖީން އޮފިސަރެއް ކަނޑައަޅާފައި ހުރި ނަމަވެސް ކަން ހިނގަމުންދަނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަކަށް ނޫނެވެ. ކުރިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އުސޫލުތަކަށް ތަބާވަނީ ހަމައެކަނި މާޒިޔާއިންނެވެ. އެހެން ކްލަބުތަކުންވެސް ފެށުނު އިރު އުސޫލުތަކަށް ތަބާވި ނަމަވެސް ފަހުން ފަހުން ހަމަ އެއްގޮތަކަށްވެސް އުސޫލުތަކާ އެއް ގޮތަށް އަމަލެއް ނުކުރެއެވެ. އަދި ދަނޑުގައިވެސް އަމަލު ކުރަން ޖެހޭ އުސޫލުތަކަށް އަމަލު ނުކުރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕްރެކްޓިހުގައިވެސް މާޒިޔާއިން ވަރަށް ރަނގަޅަށް އެކަންކަން ކުރާތަން ފެނޭ. އެހެން ކްލަބުތަކުން އެހެނެއް ނޫން. ހަމަ އެއްވެސް ރައްކާތެރިކަމެއް ނެތް. ދެން އަނެއްކާ މެޗު ނިމޭ ގޮތަށް އެމީހަކު ދާނެ ތަނަކަށް މިދަނީ. ހުރިހާ ކުޅުންތެރިން އެބަ އެކްސްޕޯސްވޭ އެންމެންގެ އާއިލާތަކާ ރައްޓެހިންނާ އެންމެނާ. އޮފީސްތަކަށް ދޭ، ކޮފީތަކަށް ދޭ މި ހުރިހާ ކަމެއް ހަމަ ކޮންމެ ދުވަހަކު ހިނގާ.

އެނގިފައިވާ ގޮތުގައި އެއްވަނަ ޑިވިޝަންގެ އެއް ކްލަބުގެ ތިން ކުޅުންތެރިއަކު މިހާރުވެސް ކޮވިޑް ފެސިލިޓީގައި އެބަތިއްބެވެ. މީގެ އިތުރުން އެހެން ކްލަބެއްގެ ދެ އޮފިޝަލަކުވެސް ޕޮޒިޓިވްވެވެގެން ކަރަންޓީނު ކުރިއެވެ. އަދި އެއްވަނަ ޑިވިޝަންގެ ކްލަބެއްގެ ކޯޗުވެސް އައިސޮލޭޓްކޮށްފައި އެބަހުއްޓެވެ. އެ ކްލަބުން އެންމެ ފަހުން ކުޅުނު މެޗަށް ކޯޗު ނުދިޔަނަމަވެސް އޭނގެ ކުރީ ދުވަހު އޮތް ޕްރެކްޓިހާ، ޕްރެސް ކޮންފަރެންސްއަށްވެސް ކޯޗު ދިޔައެވެ.

އެޗްޕީއޭގެ އުސޫލުތަކާ އެއް ގޮތަށް ކްލަބުތަކުން ފުރިހަމައަށް އަމަލު ކުރަމުން ނުދާކަން މި ހާމަވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެދު ކަނޑާލާފައިވާ ލީގުގެ ކުޅުން އަލުން ފެށުމަށް ކްލަބުތަކުން ޕްރެޝަރު ކުރަމުންދަނިކޮށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.