13 Feb 2021 | 10:00
ހާލަތު ބަލަން ޒިޔާރަތްކުރި އޮފިޝަލުންގެ ދުލުން: ސިއްސައިގެންދާވަރުގެ ވާހަތަކެއް!

އެޑިޓަރުގެ ނޯޓް: މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންސާފު ވެރިކަމާއެކު ހިޔާ ފްލެޓް ދިނުމަށް އެކުލަވާލި ފްލެޓް ކޮމިޓީގައި ހިމެނޭ ހާލަތު ބެލުމަށް ޢާންމުންގެ ގެތަކަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކާއެކު އިންޓަވިއު ކުރެވި، ތަޙުޤީގުކުރެވި އަދި ވާހަކަތައް އިތުރު ފަރާތްތައް މެދުވެރިކޮށް ކަށަވަރުކުރެވިގެން ލިޔެވިފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހިމަނާފައިވާ ކަންކަމަކީ އެއް އޮފިޝަލަށް ވުރެން ގިނަ އޮފިޝަލުންގެ ފަރާުތުން ފާހަގަކޮށްފައިވާ މައްސަލަތަކަށް އަލިއަޅުވައި ލިޔެފައިވާ ރިޕޯޓެކެވެ.

ފްލެޓް ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކަކީ ސަރުކާރުގެ ސިވިލް ސާވަންޓުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން، ފުލުހުންނާއި އެމްއެންޑީއެފްގެ ސީނިއާރ މުވައްޒަފުން ކަން ފާހަގަކޮށްލަންޖެހެއެވެ. މި ފަރާތްތަކުގެ ސަލާމަތާއި ވަޒީފާގެ ސަލާމަތައްޓަކައި މި އޮފިޝަލުންގެ ވަނަވަރު ހިމަނާފައިނުވާނެއެވެ. އަދި އެ އޮފިޝަލުން ނިސްބަތްވާ މުއައްސަސާތައްވެސް ހިމަނާފައިނުވާނެއެވެ. މި ރިޕޯޓަކީ ޖުމްލަގޮތެއްގައި އޮފިޝަލުންގެ ފަރާތުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ މައްޗައް އެކުލަވާލެވިފައިވާ ރިޕޯޓެކެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށް ގިނަ ޢަދަދެއްގެ ސަރުކާރު މުވައްޒަފުން ވަނީ ގޭގެއަށް ޒިޔާރަތްކޮށް އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވެފައެވެ.

ފްލެޓް ކޮމިޓީން އެކުލަވާލި އައު ދިރިއުޅުމުގެ ހާލަތުގެ ސަބަބުން ނިކަމެތި ހާލުގައި ދިރިއުޅެމުން އައި އެތަކެއް ފަރާތަކަށް ފްލެޓް ގެއްލި އެ ޝަކުވާ ފްލެޓް ކޮމިޓީއަށް ހުށަހެޅުމުން ޖަވާބުގައި އެ ކޮމިޓީން އެކަމުގެ ޒިންމާ ވާންޖެހޭ ފަރާތަކީ ގޭގެއަށް ޒިޔާރަތްކުރި އޮފިޝަލުންކަމުގައި ބުނެ ޕޮއިންޓަށް ބަދަލު ގެނެވޭކަށް ނެތްކަމަށް ބުނެ ޝަކުވާތަކަށް ވަނީ ޖަވާބު ދީފައެވެ.

މިއާއެކު ހިޔާގެ މައްސަލާގައި ޙަރަކާތެރިވަމުން އަންނަ "ކޮތަރުކޮށި" ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް {ސިއްރިޔާތުގައި މެސެޖުން} ގިނަ އޮފިޝަލުންތަކެއްގެ ކަންބޮޑުވުން ވަނީ އަޅުގަނޑާއި ހިއްސާކޮށްފައެވެ. މީގެ ތެރެއިން ބައެއް އޮފިޝަލުންނަކީ ގޭގެއަށް ޒިޔާރަތްކުރަމުން ދިޔަ ދުވަސްވަރު އެ އޮފިޝަލުންނާއި އިންޓަވިއު ކުރެވި ވާހަކަ ދެކެވިފައިވާ ފަރާތްތަކެވެ.

"ފްލެޓް ކޮމިޓީން ރައްޔިތުންނަށް ޝަކުވާގެ ޖަވާބު ދެމުން މިބުނަނީ ތިއީ ތިމަންނާމެންގެ މައްސަލައެއްނޫނޭ. ތިއީ ފްލެޓް ހާލަތު ބަލަން އައި އޮފިޝަލުން ބަލާފަ ދީފަ ހުރި ޕޮއިންޓޭ. އެކަމަކު ކޮމިޓީގެ ހާލަތު ބަލާ އުސޫލު އޮތްގޮތުން ގޭގައި ރެނދެއް ނެތިއްޔާ ޕޮއިންޓު ނުލިބޭ ގޮތަށް މި އޮންނަނީ. އެންމެ ހާލުގަ އުޅޭ މީހާ މިއުޅެނީ ފްލައިވުޑް ކޮޓަރިއެއްގައި. އެތަނުގައި ކިހިނެއް ރެނދެއްލާނީ. އެހެންވީމަ ފިލައިން ކޮޓަރި ހަދާފައި ހުންނަ ކޮޓަރިތަކާއި، ޕާޓިޝަން ޖަހާފަ ހުންނަ ގެތަކަށް މި ދޭންޖެހެނީ ސުމެއް. މިއީ އަޅުގަނޑުމެންގެ މައްސަލައެއްތޯ؟" ވޮއިސް އަށް މަޢުލޫމާތު ދިން އޮފިޝަލެއް ކިޔައިދިނެވެ.

ހާލަތު ބެލުމަށް ޒިޔާރަތްކުރި ބައެއް އޮފިޝަލުންގެ މެދުގައި މިފަދަ މައްސަލަތަކުގައި ކަންބޮޑުވުން އުފެދި އެ ވާހަކަތައް ފްލެޓް ކޮމިޓީއާއި ހިއްސާކުރުމުން އެ ޝަކުވާ ކުރާ އޮފިޝަލުންގެ މައްސަލަ ހިއުމަން ރިސޯސަސްގެ ސަމާލުކަމަށް ގެނެސް ބައެއް އޮފިޝަލުންގެ ކޮންޓްރެކްޓް ވަނީ ނިންމާފައި ކަމަށް އޮފިޝަލުންތަކެއް މައުލޫމާތު ދީފައިވެއެވެ.

"އަޅުގަނޑުމެން ދެތިން ކުދިން ވެގެން ބުނިން ގޭގެއަށް ޒިޔާރަތްކުރާ އިރު އަޅުގަނޑުމެންނަށް ހާލަތާއި ބެހޭގޮތުން ގޮތް ކަނޑައަޅަން ފުރުޞަތު ދިނުމަށް. އަޅުގަނޑަށް ދެވުނު ގެއެއްގައި މިހުންނަނީ ބިމު އަޑިއަށް ކޮނެގެން ކޮޓަރި ހަދާފައި. ވަރަށް ހިތްދަތި ހާލުގައި އުޅޭ ކުޑަ އާއިލާއެއް. އަޅުގަނޑު ޒިޔާރަތްކޮށް ހާލަތު ބަލާ މީހާއަކަށް ނެތް އެއްވެސް ސޭއެއް. ޕޮއިންޓު ދެނީ އޮފީހުގައި ތިބެއްވި ކޮމިޓީ މެންބަރުން. މިވާހަކަތައް ދައްކަން ފެށުމުން އަޅުގަނޑުމެންގެ މައްސަލަ އެޗްއާރުން ބެލި. ބައެއް އޮފިޝަލުން ކާރި ބުނި ދެން ނަޔަސް ހެޔޮކަމަށް" ވޮއިސް އަށް މައުލޫމާތު ދިން އިތުރު އޮފިޝަލެއް ކިޔައިދިނެވެ.

މި ވާހަކަތާއި ގުޅިގެން ފްލެޓް ކޮމިޓީގެ ބަހެއް ހޯދުމަށް އެ ކޮމިޓީގެ މެންބަރު ޠާހާގެ ބަހެއް ހޯދުމަށް ކުރެވުނު މަސައްކަތް އޭނާ ޖަވާބު ނުދެއްވުމުގެ ސަބަބުން ވަނީ ނާކާމިޔާބުވެފައެވެ.

"ރައީސް އޮފީހުން 15 މީހުންގެ ލިސްޓެއް ފޮނުވި"

ފްލެޓްގެ މައްސަލައާއި ގުޅިގެން ސަރުކާރާއި ވެރިކަންކުރާ އެމްޑީޕީއަށް އަންނަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުންގެ ފަރާތުން ޚާއްޞަ ލިސްޓެއްގެ ބަޔަކަށް ފްލެޓް ދިނުމަށް މަސައްކަތް ކުރަމުން ދިޔަކަމުގެ ތުހުމަތު އައީ ކުރެވެމުންނެވެ. މި ތުހުމަތު ވަނީ އިދިކޮޅު ކޯލިޝަނުންވެސް ސަރުކާރަށް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މިފަދަ ވާހަކައެއް ފްލެޓް ކޮމިޓީގެ މަސައްކަތުގައި ޙަރަކާތްތެރިވި އޮފިޝަލެއް ވަނީ ވޮއިސް އަށް ކިޔައިދެއްވާފެއެވެ.

"އަޅުގަނޑު ހުރި ވަގުތެއްގައި ހިނގައިދިޔަ ކަމެއްގެ ވާހަކަ މިއީ. މީހެއްގެ ފުށުންނެއްނޫން. މިކަން އެނގޭނެ ކުދިން ތިބޭނެ އެތަނުގައި. ރައީސް އޮފީހުން ވަނީ 15 މީހުންގެ ލިސްޓެއް ފްލެޓް ކޮމިޓީއަށް ފޮނުވާފައި. އެލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބެލުމަށް ބުނި." ސަރުކާރުގައި ސީނިއާ ލެވަލްގައި މަސައްކަތް ކުރަމުން އަންނަ އޮފިޝަލް ވޮއިސްއަށް ކިޔައިދިނެވެ.

މިފަދަ ލިސްޓެއް ލިބިފައިވޭތޯ ފްލެޓް ކޮމިޓީގެ މެންބަރ ޠާހާއާއި ސުވާލު ކުރުމުން މެސެޖް ބެލުމަށްފަހު އެއްވެސް ޖަވާބެއް ޠާހާ ދެއްވާފައެއްނުވެއެވެ.

މި ރިޕޯޓުގައި މި ހިމަނާލީ އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން އިއްތިފާޤުވެ އެ ވާހަކަތަކަށް ބާރު ލިބިފައިވާ ވާހަކަތަކެވެ. މިއީ ސަރުކާރުން ޖަވާބު ދާރީވާންޖެހޭ ބޮޑު މައްސަލައެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.