N/A
N/A
ހަބަރު 13 Feb 2021 | 22:19

ދަގަނޑޭ އަދި އަކޫގެ ދިފާއުގައި އެފްއޭއެމް!

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް އަދި އަކްރަމް އަބްދުލްޣަނީ އަކީ ޓެރަރިސްޓުން ކަމަށް ސިފަ ކުރި ފަރާތަށް ފިޔަވަޅު އަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓް ސޫސަން އިބްރާހީމް އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ދެކުޅުންތެރިންނަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވާ ދެ ކުޅުންތެރިން ކަމަށާއި މެޗުން ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އެ ޕޯސްޓު ކުރި މީހާ ގާތު އޭނާގެ ރައްޓެއްސަކު ބުނި ކަމަށެވެ.

އެކަމާއި ގުޅިގެން އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދަށް ދާން ތައްޔާރުވެފައިވާ ބައެއް ކަމަށާއި ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ޙަޤީޤަތެއް ނެތް ވާހަކަތައް އެ އެސޯސިއޭޝަނުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި އެކުޅުންތެރިންނަކީ އެފްއޭއެމް އާއި ފީފާގެ ޤަވާއިދުތަކަށް ފުރިހަމަ އަށް ތަބާވެ ޢަމަލު ކުރަމުންދާ ކުޅުންތެރިން ކަމަށާއި އެކުޅުންތެރިންނަކީ ރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައި އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައިވެސް ނަމޫނާ ކުޅުންތެރިން ކަމަށެވެ.

މީގެ އިތުރުން އެކުޅުންތެރިންނަކީ ހަނގުރާމަ ކުރުމާއި އިންސާނީ ކަރާމާތް ހިފެހެއްޓުމާއި ނަސްލީ ތަފާތު ކުރުމާއި އިންސާނީ ވަގުފާރިކުރުން ފަދަ ކުޅިވަރުގެ އަގުމާތްވި އުސޫލުތަކާއި ޚިލާފުވާ އެންމެހާ ކަންކަމާއި ދުރުހެލި ބައެއްކަން އެ އެސޯސިއޭޝަނުން ޔަގީން ކޮށްދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެދެކުޅުންތެރިންނަކީ ހަނގުރާމަވެރި ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ޤަވާޢިދުތަކާއި ޚިލާފުވާ ފަދަ އަމަލުތަކާއި ޖަމިއްޔާތަކާއި އެއްވެސް މިންވަރަކަށް ގުޅިފައިވާ ބައެއްކަން އެ އެސޯސިއޭޝަނަށް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އަދި މީސްމީޑިއާގައި އާންމުކޮށްފައިވާ މިވާ ވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއިލާއަށާއި ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކަށް އަގު ނުކުރެވޭ ފަދަ ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މިއީ ބައިނަލްއަގުވާމީގޮތުން، ދިވެހި ފުޓްބޯޅައަށް ގިނަ ހުރަސްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށާއި އެއީީ ގައުމުގައިވެސް ފިތުނަ އާއި ބިރުވެރިކަން އުފެދިދާނެފަދަ ވާހަކައެއް ކަމަށް ބުނެފައިވެއެވެ.

އަދި މިހާތަނަށް ފުޓްބޯޅަ އާއި ގުޅިގެން މީގެ ކުރިން ދެކެވިފައިވާފަދަ ވާހަކައެއްވެސް ނޫން ކަމަށާއި މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުބަލައި، އެކަމުގެ ފުރިހަމަ ތަޙުޤީޤެއް ކޮށްދިނުމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

އެފްއޭއެމް އިން ބުނީ ފުޓްބޯޅަ ކުޅުންތެރިންނާ ބެހޭގޮތުން ބަައިބައިވުން އުފެދޭފަދަ ވާހަކަ ދައްކާފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް
13 Nov 2026 ހަބަރު

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް

ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އަސްތާނާއިން އެ ގައުމުގެ އަލްމަޓީން ރާއްޖެއަށް ކުރި ދަތުރުގެ ކޮކްޕިޓުގައި އިސްކޮށް އިނދެ ދިވެހި ޕައިލެޓަކު ބޯޓު ދުއްވައިފިއެވެ.

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި
13 Nov 2026 ހަބަރު

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި

ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، ގާނޫނީ އިމުގެ ތެރޭގައި އެއްވުންތައް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު
13 Nov 2026 ހަބަރު

އިކްރާމް ފެނިއްޖެ؛ ހުރީ ހުޅުމާލޭގައި، ހާލު ރަނގަޅު

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ
13 Nov 2026 ހަބަރު

ކައްކާ ގޭހަށް ގެނައި ބަދަލު އިއާދަކޮށްފި؛ މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ

ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ގެނައި ވަގުތީ ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް އަޅައިދޭން ނިންމައިފި ކަމަށް މޯލްޑިވް ގޭސް އިން ބުނެފިއެވެ.

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ
13 Nov 2026 ހަބަރު

އިކްރާމްގެ ހަބަރެއް ނެތި ތިންވަނަ ދުވަހެއް، ނުފެނޭ

ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި
13 Nov 2026 ހަބަރު

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ
12 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް: އެޗްޕީއޭ

ވޭތުވެދިޔަ ހަފުތާގައި މުޅި ރާއްޖެއިން ހިމަބިއްސަށް (މީސަލްސް) ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.