ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން ފަސް ފަރާތެއް ކުރިމަތިލައިފި

23 Feb 2021 | 14:14

ދާދިފަހުން ތަޞްދީޤުކުރެވުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުގައި އާންމުންގެ ތެރެއިން ޢާއްޔަންކުރެވޭ ދެ މެންބަރުންގެ މަޤާމަށް ފަސް ފަރާތެއް ކުރިމަތިލައިފިއެވެ.

މިއީ އެ ޤާނޫނުގެ 75ވަނަ މާއްދާގެ ހގައިވާ ގޮތުގައި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނަ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި އެހެނިހެން ފަރާތްތަކަށް ލަފާދޭން އެކުލަވާލެވޭ 7 މެންބަރުންގެ ބޯޑެކެވެ. މި ބޯޑަށް އާންމުންގެ ތެރެއިން ޢައްޔަންކުރާ މެންބަރުން ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުންނެވެ.

އެ ބޯޑަށް އާންމުންގެ ތެރެއިން ޢައްޔަންކުރާ ދެ މެންބަރުންނަށް ކުރިމަތިލާފައިވަނީ ޖުމްލަ ފަސް ފަރާތެކެވެ. އެ ފަސް ފަރާތަކީ:

1. ލަބީގް މުޙައްމަދު މާހިދު / މ. މަނަދޫވިއު

2. ޒުބައިރު އަޙްމަދު މަނިކު / ގ. މަލްވިނަ

3. ޒީނަތު ޢަލީ / ދަފްތަރު ނަންބަރު 1626

4. ޢަލީ މުޙައްމަދު މަނިކު / ދަފްތަރު ނަންބަރު 1851

5. ހާމިދު ޢަބްދުލްޣަފޫރު / ހ. ޝޭޑީ ކޯނަރު، މިއެވެ.


މީގެ ތެރެއިން ހާމިދު ޢައަބްދުލްޣަފޫރަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް