23 Feb 2021 | 21:41
ހުޅުމާލޭގައި މެދުފަންތީގެ 300 ހައުސިންގ ޔުނިޓެއް އަަޅަނީ

ހުޅުމާލޭގައި މެދުފަންތީގެ 300 ހައުސިންގ ޔުނިޓް އެޅުމަށް ތިން ކުންފުންޏަކުން ބިޑް ހުށައަޅައިފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް އިޢުލާން ކުރެވި، 300 ޔުނިޓް އެޅުމަށް އިޢުލާނުކުރެވި ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3 ކުންފުންޏަކަށް ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުޞަތު ދެވިފައިވާކަމަށެވެ. މި 3 ކުންފުންޏަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން، ސާސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އަދި އެސް.ޖޭ ކޮންސްޓްރަކްޝަނެވެ.

މީގެއިތުރުން ބާކީ 55 ޔުނިޓް ތަރައްޤީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް ނިމި، ‎ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ‎މިމަޝްރޫޢު ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ، އާންމުންނަށް އެންމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރެއްކަމުގައި ގަބޫލުކުރާކަމަށެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެޗްޑީސީގެ ފަރާތުން ވަނީ ކޮށްފައެވެ. އެގޮތުން އާންމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން ކޮންމެ ޕްރޮޖެކްޓަކުންވެސް %60 ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެންމެ ކުޑަ އަގަށް އިމާރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާންމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައެވެ.

‎ފާހަގަކޮށްލެވޭ ގޮތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓުތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާއެވެ. އަދި އެސް.އޭ.އެސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2،185 ދިވެހި ރުފިޔާއެވެ. 

މީގެއިތުރުން އެސް.ޖޭ ކޮންސްޓްރަކްޝަންއިން ހުށަހަޅަފައިވަނީ އަކަފޫޓަކަށް 1،987 ދިވެހި ރުފިޔާއެވެ. މިއީ މިހާތަނަށް މިކެޓަގަރީން ‎ހައުސިންގ ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެންމެ ކުޑަ އަގުތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.