27 Feb 2021 | 22:11
އާ ސިޔާސީ ހަރަކާތަކާއެކު އުމަރު ނަސީރު އަނެއްކާވެސް އެނބުރި ސިޔާސީ މައިދާނަށް!

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން އާ ސިޔާސީ ހަރަކާތެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ސިޔާސީ ހަރަކާތުގެ ނަމަކީ "ދިވެހި ނެޝަނަލް އެކްޝަން" ނުވަތަ ޑީއެންއޭއެވެ. މިކަން ކުރިއަށްގެންދާނީ ސިޔާސީ ހަރަކާތެއްގެ ގޮތުގައިތޯ ނުވަތަ ރަޖިސްޓަރކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައިތޯ އަދި ސާފުވެފައެއް ނުވެއެވެ.

ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި އުމަރުގެ އިތުރުންވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންވެސް ބައިވެރިވާނެއެވެ. އެގޮތުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ)، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް އަދި ހެޕީމާކެޓް ކުންފުނީގެ ސީއީއޯ ކެޕްޓަން (ރިޓަޔަޑް) ޢަލީ އިޙުސާން ހިމެނިވަޑައިގަންނަވާކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އުމަރު އިސްކޮށް ހުންނަވައިގެން އުފައްދަވާ ދެވަނަ ސިޔާސީ ހަރަކާތެވެ. މީގެކުރިން އެބޭފުޅާ ވަނީ އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، އެ ޕާޓީގެ ޓިކެޓްގައި 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ކޮމެޓީގެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގެ މިއަދު ނެގި ވޯޓްގައި ޒަރީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
24 Jun 2026
ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާން މަރުކަޒު ހުޅުވަން ތައްޔާރުވެއްޖެ
މިނިސްޓަރު ޝަހީމް ވިދާޅުވީ، މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ ހުކުރުދުވަހުގެ 16:30 ގައި ކަމަށެވެ
24 Jun 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑުން ޢާއިޝަތު އަލީ ވަކިކޮށްފި
ޕީސީބީން މިއަދު ބުނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން މ.ވާރޭވިލާ، ޢާއިޝަތު ޢަލީ, މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.