01 Mar 2021 | 14:44
ވަޒީރަކަށް ފަހު ވަޒީރެއް ވަކި ކުރިޔަސް، ޤާސިމާއި ރައީސް ޞާލިހުގެ ގުޅުން ވަރުގަދަ!

މިއަދަކީ ކޯލިޝަން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޓެކްނޮލޮޖީއާއި ބެހޭ ވަޒީރު، މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ނިންމައި، އޭނާ މަޤާމުން ވަކި ކުރުމަށް ނިންމި ދުވަހެވެ. މިއީ ހަމަ ޔަޤީނުންވެސް ސަރުކާރު ކޯލިޝަނަށް އެރި ލޮޅުމެކެވެ. ކޯލިޝަން ސަރުކާރުގެ މޫނުމަތި ކިތަންމެ އޮމާންކަމަށް ދައްކަން އުޅުނަސް، އޭގައި އަޅާފައިވާ ރެނދުގައި އިތުރަށް ފުޅާވެއްޖެއެވެ. މަލީހު ވަކިކުރުމާއެކު ޖުމްހޫރީ ޕާޓީގެ އެއް ސްލޮޓް އަނެއްކާވެސް މިވަނީ ގެއްލިފައެވެ.

މީގެ ކުރީން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށްވެސް މަޤާމު ގެއްލިއްޖެއެވެ. މަލީހުގެ އިތުބާރު ނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ހޫނު ބަހުސްގެ ތެރެއިން، އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރެއްވީ އޭނާ ފެއިލްވެފައިވާ ކަމަށް ދެއްކުމަށެވެ.

އިންޓަރނެޓް އަގުހެޔޮ ކުރުމާއި، އިންޓަރނެޓް "ސްލޯ" ވުމުގެ ޒިންމާ ނަންގަވަންޖެހޭނީވެސް މަލީހު ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. އަދި އެމްޑީޕީގެ މެމްބަރުންނަށް އިތުބާރު ގެއްލުނީމައި، ސަބަބު އޮޅުންފިލުވަންވެސް ނުޖެހޭނެ ކަމަށާއި، އެހިސާބުން ދެން ޖެހޭނީ އެކަހެރިވާން ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެމްބަރުން ޖޭޕީއަށް ސައިޒުވެސް ދައްކާލިއެވެ.

މިހުރިހާ ކަމެއް މިހެން ހިނގިއިރުވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޕާޓީގެ ދިފާއުގައި، އަދި ޕާޓީގެ ސްލޮޓެއްގައި ވަޒީރަކަށް ހުންނެވި ބޭފުޅެއްގެ ދިފާޢުގައި ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އޮންލައިން ނޫހަކަށް "ލޮނުމަޑު" ބަސްދީގަތުމެއް ދެއްވުން ފިޔަވައި އިތުރު ކަމެއް ނުކުރައްވައެވެ.

އެބޭފުޅާ މިއަދު ހުންނެވީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ރިސޯޓެއްގައި އަނބިދަރީންނާއި އެކުގައެވެ. ތިމަންމަނިކުފާނަކީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ، ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރެއްވުމުގެ ބޮޑު ޒިންމާ ކޮނޑުގައި އެޅުއްވިފައިވާ ބޭފުޅެއްކަމެއްވެސް ހަނދުމަފުޅެއް ނެތެވެ. ކަންމިހެންހުރިއިރު، އަމިއްލަ ޕާޓީގެ ވަކި ވަކި ފަރުދުންނާމެދު ދެރަވަރުކޮށް ކަންތައް ކުރެވިގެން ދިޔުމުން ޤާސިމް ކަންބޮޑުވެވަޑައިނުގެންނެވުމަކީ ހައިރާންވާން ޖެހޭވަރު ކަމެއްވެސް ނޫނެވެ.

މަލީހުގެ ދިފާޢުގައި ޤާސިމް ފާޅުގައި ނުކުމެވަޑައިނުގަންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވި ވާހަކައަކުން ފާޑުކިޔުންތައް ވީ އިތުރެވެ.

އަލީ ޞާލިހު ވިދާޅުވި ގޮތުން، ލަދުވެތި ގޮތަކަށް ޖޭޕީގެ ވަޒީރަކު މަޤާމުން ވަކި ކުރެއްވުމުންވެސް، ޤާސިމްއާއި، ރައީސް އިބްރާހީމް މުޙައްމަދުު ޞާލިހާއި ދެމެދު އޮތް ގުޅުން ހަމަ ވަރުގަދައެވެ.

"ރައީސް ޞާލިހާއި ޤާސިމްއާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް. ކޯލިޝަންގެ މަސައްކަތްޕުޅާމެދު ހިތްހަމަޖެހިލައްވާ ޤާސިމް" ޖޭޕީ މީޑިއާ ގްރޫޕްގައި އަލީ ޞާލިހު ލިޔުއްވާފައިވެއެވެ.

ކޮންމެއަކަސް، ވަޒީރަަކަށް ފަހު ވަޒީރެއް ވަކި ކުރައްވަމުންދާއިރު، ޤާސިމް ހަނު ހުންނަވަނީ ކީއްވެގެންކަމާމެދު ސުވާލުު އުފެދެެއެވެ. ކޯލިޝަން ރޫޅެން ބޭނުންފުޅުނުވިޔަސް، ޙިޔާލު ތަފާތުވާ ކަންކަމުގައި ބަސް ބުނުމުގެ ހައްޤު ކޯލިޝަންގެ ލީޑަރުންނަށްވެސް ލިބިގެންވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ