04 Mar 2021 | 10:44
ކޮވިޑް-19 ޖެހި ރަނގަޅުވުމަށްފަހުގައިވެސް އަލުން ބަލިޖެހިދާނެ، ސަމާލުވޭ!

ފަހަކަށް އައިސް ކޯވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާ އެއް ސަބަބަކީ ކުރިން ބަލި ޖެހިފައި ތިބި މީހުންނަށް ދެވަނަ ފަހަރަށް ބަލި ޖެހޭތީ ކަމަށް ޑރ.އާމިނަތު މަލްހާ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.މަލްހާ މިފަދައިން ވިދާޅުވެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި އާންމު ކޮށްފައިވާ ވީޑިއޯ މެސެޖެއްގައެވެ. ޑރ.މަލްހާ ވިދާޅުވިގޮތުގައި ކޯވިޑް ބަލީގެ އެންމެ ހައިރިސްކު މީހުންގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުން ހިމެނެއެވެ.

ޑރ.މަލްހާ އިތުރަށް ވިދާޅުވީ ހަކުރު ބަލި ޖެހިފައި ތިބޭ މީހުންނާއި، އެފަދަ މީހުން ކައިރީގައި އުޅޭ މީހުންވެސް ކޯވިޑް ވެކްސިން ޖަހައި ރައްކާތެރިވެގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ކޯވިޑް-19 މިޖެހެނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަކަށް ނޫން. ނޫނީ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް އެކަންޏެއްވެސް ނޫން. އުމުރުން ޅަ، ނޫކަށި ފުރައިގެ ޒުވާނުން، ފިޓްކޮށް ތިއްބަވާ ބޭފުޅުންނަށްވެސް މިބަލި ޖެހޭ އެބަ. އަދި އައިސީޔޫގައިވެސް ފަރުވާ ދޭންޖެހޭތަން އަޅުގަނޑުމެންނަށް އެބަފެނޭ" ޑރ.މަލްހާ ވިދާޅުވިއެވެ.

ކޯވިޑްގެ ކޭސްތައް މިދިޔަ ފެބްރުއަރީމަހުން ފެށިގެން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ގިނަ ދުވަހު ބަލީގެ ކޭސްތައް އުޅެނީ 100އިން މަތީގައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު 20،000އިން މައްޗަށް އަރާފައިވާއިރު، މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 63އަށް އިތުރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.