ޢަބްދުއްރަޙީމް ދަޢުވާއަށް އިންކާރު ކުރައްވައިފި
 
                            ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް މައްޗަށް އުފުލާފައިވާ ދަޢުވާއަށް އޭނާ ޝަރީއަތުގައި އިންކާރު ކުރައްވައިފިއެވެ.
ދަޢުވާއަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ޢަބްދުއްރަޙީމްގެ ވަކީލު އަޙްމަދު ހިޝާމް ވަޖީހު ވިދާޅުވީ ޤާނޫނުގައި ބުނާ އެއްޗަކާއި ކޮށްފައިވާ ދަޢުވާ ސާފުނުވާ ކަމަށެވެ. ޢަބްދުއްރަޙީމްގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދަޢުވާއަށް އޭނާ އިންކާރު ކުރައްވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ހިޝާމް ވިދާޅުވީ ދިފާޢުވާން ހުށަހެޅުންތަކެއް ހުށަހަޅަން ބޭނުންވާތީ އެ ފުރުޞަތަށް އެދޭ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުންނާއި ޢަބްދުއްރަޙީމްގެ ފަރާތްޕުޅުން ވެސް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކި ހުށަހެޅުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists
 
           
           
           
           
           
           
           
           
           
           
           
           
           
           
           
           
          