05 Mar 2021 | 20:05
ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ ނުގެއްލުވޭނެ: ޣައްސާން

ރައީސް ޔާމީންގެ ނިމިދިޔަ 5 އަހަރުގެ ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ކިތަންމެ ވާހަކައެއް ދެއްކިޔަސް ބަދަލު ކޮށްލެވޭނެ ނޫނީ ގެއްލުވާލެވޭނެ ތަރައްޤީއެއް ނޫންކަމަށް ޕީޕީއެމްގެ ނާއިބް ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަޅުއްވައިދެއްވި ހިޔާ ފުލެޓުތަކުގެ ފޮޓޯއަކާއިއެކު ޣައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޔާމީންގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި ތަރައްޤީއަކީ އެވާހަކަތައް ދެއްކިޔަސް ބަދަލުކޮށްލެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެގޮތުން ޣައްސާން ވަނީ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް އަޅައިދެއްވި 7،000 ފުލެޓު ފާހަގަކޮށްފައެވެ.

އެގޮތުން ހިޔާ ފުލެޓުތަކުގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިތަރައްޤީއަކީ އަބަދަށްވެސް ފެންނަން ހުންނާނެ ތަރައްޤީއެއް ކަމަށެވެ.

MDP އިން ވީ ވަޢުދުތައް ހަނދާން އެބަހުރި. އެއްވެސް ކަމެއް ހާސިލްވާތަން ނުފެންނާތީ އެއީ ހޮޅި ވައުދުކަން މިއަދު އެންމެންދަނޭ. ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް، ޙަޤީޤަތެއް ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައީސް ޔާމިންގެ ޚިދުމަތް، ފުއްދެވި ވަޢުދުތައް މިހިރީ ފެންނަން." ޣައްސާން ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން ފެށި 7000 ފުލެޓު މަޝްރޫޢުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ނެރެފައިވާއިރު، އެކަމާ ބެހޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅެމުން ދިއުމާ ގުޅިގެން ކަން ހިނގާފައިވާގޮތް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓަރާއި ފުލެޓު ކޮމެޓީގެ ރައީސްހާޒިރުކޮށް މިއަދު ވަނީ ސުވާލު ކޮށްފައެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.