07 Mar 2021 | 08:46
އެމްޓީސީސީއަށް ބުރައަކަށްވި މަހާޖައްރާފު އެންމެފަހުން ރަންގަނޑަކަށް؟

ސިޔާސީ ވާދަވެރިކަމުގައި، އެއް ސަރުކާރަކުން، ކުރީ ސަރުކާރަކުން ކޮށްދީފައިވާ ޚިދުމަތްތަކަކީ ބޭކާރު، ނުވަތަ ދެރަ ޚިދުމަތެއްކަމުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް އެކި ވާހަކަތައް ދައްކާއުޅެއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. މި ޙަޤީޤަތް ގަބޫލުކުރަން ޖެހެއެވެ. އެމަނިކުފާނުގެ ހަލުވި ސްޕީޑުގައި ރާއްޖެއަށް ގެންނަމުންދިޔަ ބަދަލުތައް ވާދަވެރީންނަކަށް ކަމަކު ނުދިޔައެވެ. ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލުވެސް ކަމަކު ނުދިޔައެވެ. އެ މަޝްރޫޢުތަކާއި ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރިއެވެ.

އޭރު އިދިކޮޅު އަދި މިހާރު ސަރުކާރުގެ އިސްވެރީންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެކައްޗަކީ ރާއްޖޭގައި އޮތް، އަދި އޭޝިއާގައިވެސް އޮތް އެންމެ ބޮޑު ކޮންނަ ބޯޓު މަހާޖައްރާފެވެ.

މަހާޖައްރާފު ބަނދެފައިވަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައެވެ. އެމްޓީސީސީގެ މި ކޮންނަ ބޯޓަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެއެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަނދުތަކުގެ ވެސް ސްޕެސިފިކޭޝަންއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު އެސެޓަކީވެސް ޒަމާނީ ކޮންނަ ބޯޓް މަހާޖައްރާފެވެ. އެ އުޅަނދު އެމްޓީސީސީގެ މިލްކިއްޔާތަށް ގެންނަން 36 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ޚަރަދުކޮށްފައެވެ.

މި ސަބަބާހުރެ މަހާޖައްރާފަކީ ނުއުފުލޭވަރުގެ ބުރައެއްގެ ގޮތުގައި ސަރުކާރުގެ އިސްބޭފުޅުން މީގެ ކުރީން ސިފަކުރެއްވިއެވެ.

ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވުމާއެކު، މަހާޖައްރާފުގެ ބޭނުން ކުރަން ފަށައި، ބުރައެއް ކަމަށް ބުނި އުޅަނދު ޖަވާހިރަކަށް ވެފައިވާ މަންޒަރު ފެންނަން ފަށައިފިއެވެ. މަހާޖައްރާފު އެރަށެއްގެ ކައިރީގައި ބަނދަރުކޮށްލުމަކީ އެރަށެއްގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާ ކަމަކަށް ވެއްޖެއެވެ.

ރ.ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް މަހާޖައްރާފު ވަނީ އެރަށުގައި ބަނދަރުކޮށްފައެވެ. މިކަން ފާހަގަކުރުމަށް އެރަށުގެ ރައްޔިތުން ވަނީ މަހާޖައްރާފަށް ޚާއްޞަ ވެދުމެއް އަރުވައި، ދޯނި ބުރެއްވެސް ބާއްވައިފައެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޚަލީލު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަހާޖައްރާފަކީ ބުރައެއްގެ ގޮތުގައި ސިފަކުރި ވެރީންގެ ރާގު ބަދަލުވެފައިވާ ކަމަށެވެ. އަދި މަހާޖައްރާފަކީ އިންތިޚާބަށް ވޯޓު ހޯދާނެ ޖަވާހިރަކަށް ވެފައިވާ ކަމަށެވެ.

"ދުވާފަރުގެ ރައްޔިތުން މިކަން ދަންނާނެއެވެ" ޚަލީލު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ